ޚަބަރު

ތަނަކަށް އެއްވާނަމަ ޙައްޖަށް ދާށޭ ބުނި ހަދާނެއް ނުވޭ: ރައީސް ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން އަބްދުލްޤައްޔޫމް ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް`

އިދިކޮޅު ލީޑަރުގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް, ޔާމީން އަބްދުލްޤައްޔޫމް އެމަނިކުފާނުގެ ވެރިކަމުގައި މުޒާހަރާ ކުރަމުންދިޔަ ފަރާތްތަކަށް އިޝާރާތް ކުރައްވާ, ހައްޖަށް ވަޑައިގަންނަވާވީ ނޫންތޯ ވިދާޅުވި ވާހަކަ ހަނދާން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ, ސަންގު ޓީވީއަށް އެމަނިކުފާނު ދެއްވި އިންޓަރވިއުއެއްގައެވެ.

އިދިކޮޅުގައި މިހާރު ވެރިކަން ކުރާ އެމްޑީޕީން އޮތްއިރު, ރައީސް ޔާމީންވަނީ މުޒާހަރާ ކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި މުޒާހަރާ ކުރަން ވަކި ސަރަހައްދުތަކެއް ކަނޑައަޅާ, އެސަރަހައްދުތަކުން ބޭރުވެއްޖެނަމަ ބާރުގެ ބޭނުންވަނީކޮށްފައެވެ.

މީގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް، ބޭއްވި ކެންޕެއިން ޖަލްސާއެއްގައި ތަންތަނަށް އެއްވަން ބޭނުންނަމަ ޙައްޖަށް ދާންވީނުންތޯ ރައީސް ޔާމީން ވިދާޅުވިއެވެ. މިހާރުގެ ސަރުކާރުން އިދިކޮޅުގެ އެއްވުންތަކަށް ފުރުސަތު ނުދޭތީ، ރައީސް ޔާމީން ކިޔުއްވާ ފާޑު ކިޔުމަށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން މިވާހަކަތަކަށް އިޝާރާތްކޮށް ރައްދެދީ ހަދައެވެ.

މިކަމާ ގުޅޭގޮތުން ސުވާލު ދެންނެވުމުން ރައީސް ޔާމީން ވިދާޅުވީ، އެހެން ވިދާޅުވި ހަނދާން ނުވާ ކަމަށެވެ.

“އަޅުގަނޑަކަށް ރިކޯލެއް ނުކުރެވޭ އިނގޭތޯ އެއްގޮތަކަށް ވެސް އެހެން ވިދާޅުވި ހަދާނެއް. އެއްވާންތަންތަން ހުރީ ކަނޑައަޅައިދީފައި ނޫންތޯ” ރައީސް ޔާމީން ވިދާޅުވިއެވެ.

Ads by Allied Insurance
  1. ދޮގުހެދިއަސްތީބޮޑުވަރު

  2. އަލީ

    ހަޤީގަތުގަވެސް ހަނދާން ނެތިދާނެ ، އަޅުގަަނޑާއެކު އެއްތާކަށްދިޔަ 3މީހުންވެސް ހަނދާން ނެތުނު އަދި އެވާހަކަ ދެއްކުމުން ބުނީ ނުވާކަމަށް ފަހުން ފޮޓޮދެއްކީމަބުނީ އެޑިޓެއްނޫންހޭތީ އެކަމު އަސްލު، ވީމާހަނދާނަކީ އެވަރުގެ ކަމެއް. މިފަހަރު ނުބުނަމޭ ބުނިކަން އެއީ ރަނގަޅު ނިންމުމެއް ރސުކުރިއްޔާ.

  3. ހަދާންނެތުންއެއީ ދޮގުހެދުމެއްނޫ ބުނެފާ ނުބުނަމޭބުނުން ދޮގަކީ ދުނިޔެހުސްވަނީ ހަސަދަޔާ ޒާތީވުން ދޫކޮއްލާ ޔަހޫދީން ފެތުރުނަ ނުދޭން.މަސެތްކަތް.ކުރޭ ތބާއަށް ރަހުމަތް ލައްވާނެ انشا الله

  4. ޔަހޫދީންއެކައްޔެއްނޫން އިސްލާމް ދީންފިޔަވާއެއްވެސްދީނެއް ރާޖޭގަ ނުފެތުރުމަށް އޯކޭ

  5. ޞައްދާމު

    ހަނދާން ބަލި މީހުންނަކަށް ވެރިކަމެއް ނުކުރެވޭނެ!