ޚަބަރު ސިޔާސީ

ރައްޔިތުން ރައީސް ޔާމިނަށް ތާއީދުކުރަނީ ޖެހިލުންވުމެއްނެތި ފާހިޝް ކަންކަމާ ދެކޮޅަށް ވަކާލާތު ކުރައްވާތީ: ޝުޖާއު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝުޖާޢު ރައީސް ޔާމީނާއެކު

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ދިވެހި ރައްޔިތުން ތާއީދު ކުރަނީ ފާހިޝް ކަންކަމާ ދެކޮޅަށް ޖެހިލުންވެ ވަޑައިގަތުމެއްނެތި އެ މަނިކުފާނު ވަކާލާތު ކުރައްވާތީކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާލޭ ސިޓީގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝުޖާއު ވިދާޅުވީ ބިލެތްދޫގައި އިންޑިއާ ބަޔަކު ފާޅުގައި ބުދަށް އަޅުކަންކުރި މައްސަލައާ ގުޅިގެން ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟާއި, ހޯމް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާންގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި, އަދި އެ މައްސަލައިގައި އެއްވެސް އެއްޗެއް ވިދާޅުވެފައި ވެސް ނުވާ ކަމަށެވެ.

''މި ހާލަތުގަ ޢިލްމުވެރިންނޭ ކިޔައިގެން ތާކިހާ އަޅާފައި ތިބި ސިޔާސީ ޝެއިޚުން މި ތިބީ. މާދަމާ މި މީހުން ނުކުންނަންވީ ދީނޭ ކިޔާފަ. ކީކޭދެން ބުނާނީ. ޤައުމުގެ ހާލަތު މި ހިސާބަށް ދާއިރު ކޮބައިތޯ ރާއްޖޭގަ ތިބިހާ ސިޔާސީ ލީޑަރުން؟''

ޝުޖާއު ވިދާޅުވީ ރައީސް ޔާމީނަށް ދިވެހި ރައްޔިތުން ތާއީދު ކުރަނީ ކެރިވަޑައިގެން ޖެހިލުންވެ ވަޑައިގަތުމެއްނެތި ފާހިޝް ކަންކަމާ ދެކޮޅަށް ކުރިން ވެސް އަދި މިހާރު ވެސް އެ މަނިކުފާނު ވަކާލާތު ކުރައްވާތީ ކަމަށެވެ.

އަދި ރައްޔިތުންގެ ގިނަ ބަޔަކު މިއަދު ތިބީ ރައީސް ޔާމީނާއެކު ދީނަށް ކުރާ ފުރައްސާރައާއި ދެކޮޅަށް ކެެރިގެން ކުރިމަތިލައި މި ފަސްގަނޑު ސަލާމަތްކުރަން ތައްޔާރަށް ކަމަށެވެ.

Ads by HDC
  1. ޜައްޔިތުން

    ނިކަން ކަލޭމެން ޔާމީނުގެ ފާހިޝް ވަރު ބަލާ ހޯދާފާހުށިކަމެވެ. ބައްޕަ ދުރުން ގޮވާ އަޑާ ވަގު ފައިސާއިންނާ ޖުވާއިން އަވަދި ނެތިފާ އަދި ނުރައްކާ އެލާރޓުގާ

  2. މުލި

    އެއީ ތެދެއް! ދިވެހިން ބެންކޮކަށްގޮސް ހިލޭ އަންހެނުން ބޭނުން ނުކުރާގޮތްވެސް ހަދައިދިނީ ޔާމީނު…