ޚަބަރު ސަރުކާރު

ހަތަރު ޤާނޫނަކަށް އިސްލާހު ގެނައުމަށްޓަކައި މަޖިލީހަށް ފޮނުވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ހަތަރު ޤާނޫނަކަށް އިސްލާހު ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހަތަރު ބިލެއް ވަނީ ފޮނުވާފައިވާކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.

Ads by STELCO

އޭޖީ އޮފީހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ލާމަރުކަޒީ ޤާނޫނަށާއި, ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ
ޤާނޫނަށާއި, ވަޒީފާއާބެހޭ ޤާނޫނަށާއި, ޤާނޫނީ ފަންނުގެ ޤާނޫނަށް އިސްލާހު ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހަތަރު ބިލެއް ވަނީ ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އިސްލާހުތަކާބެހޭ އިތުރު ތަފްސީލެއް ހާމައެއްނުކުރެއެވެ.

އޭޖީ އޮފީހުން މިދިޔަ މަހުގެ 28 ގައި ވަނީ ޓޫރިޒަމާބެހޭ ޤާނޫނަށާއި, މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށާއި, ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ތިން ބިލެއް ފޮނުވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!