ޚަބަރު ސިޔާސީ

ޝިދާތާާގެ ރައްދު އިމްރާނަށް: މިވަރު ސަރުކާރަކާއި ރަސޫލާއާ އަޅާކިޔުން ބަލައެއް ނުގަނެވޭ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ކީރިތި ޤުރުއާނުގެ އާލު އިމްރާން ސޫރަތުގެ 159 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ ހެޔޮ ވެރިކަމުގެ ސިފަތައް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުން ފެންނަކަމަށް ހޯމް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވުމާ ގުޅިގެން ކުރީގެ ޖެންޑާރ މިނިސްޓަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ( އެމްއެންޕީ ) ގެ ތަރުޖަމާނު ޝިދާތާ ޝަރީފް ރައްދު ދެއްވައިފިއެވެ.

Ads by MWSC

ޝިދާތާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދައުލަތް ހިންގުމުގެ ކޮންމެ ދިމާއަކަށް ބަލާލިޔަސް ފެންނަނީ ކޮރަޕްޝަނާއި, ފަސާދައާއި, ބަދުއަޚުލާޤީ އެތައް މައްސަލައަކަށް އިހުމާލުވެފައިވާ ތަން ކަމަށެވެ. އަދި އެފަދަ މައްސަލަތައް ނުބަލައި ދޫކޮށްލާފައިވާކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.

ކަން މިހެން ހުރިއިރު މި ވަރު ސަރުކާރަކާއި ކީރިތި ރަސޫލާ ކުރެއްވިފަދަ ހެޔޮ ވެރިކަމާ އަޅާކިޔުން ބަލައެއް ނުގަނެވޭކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.

ލ.ގަމުގައި ކުރިއަށްދާ ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި އިމްރާން ވިދާޅުވީ އާލު އިމްރާން ސޫރަތުގެ 159 ވަނަ އާޔަތުގައި ރަސޫލާއާ މުޚާތަބުކުރައްވައި ވަޙީކުރައްވާފައިވާ ބަސްފުޅުތަކުގައި ވާފަދަ ހެޔޮ ވެރިކަމުގެ ސިފަތައް ރައީސް ޞާލިޙްގެ ވެރިކަމުން ވެސް ފެންނަ ކަމަށެވެ. އެ އާޔަތުގައި ބަޔާާން ކުރައްވާފައިވާ ސިފަތަކަކީ އޯގާވެރިވުމާއި, މަޢާފް ކުރުމާއި, މަޝްވަރާކުރުމާއި, ވަކީލު ކުރުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!