ޚަބަރު ސަރުކާރު

ހަތަރުވަނަ ''ވިއަވަތި ރާއްޖެ ކޮންފަރެންސް'' އަންނަ ޖަނަވަރީގައި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ޚާއްސަކޮށްގެން ބާއްވާ ''ވިއަވަތި ރާއްޖެ ކޮންފަރެންސް'' އަންނަ ޖަނަވަރީމަހުގެ ތެރޭގައި ބާއްވަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

ލ.ގަމުގައި ބޭއްވި ވިޔަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އަންނަ ޖަނަވަރީ މަހުގައި ކުޅުދުއްފުށި ސިޓީއާއި, އެންމެ އުތުރުގެ އަތޮޅުތަކާ އެކީގައި ރާއްޖޭގެ ހަތަރުވަނަ ވިއަވަތި ކޮންފަރެންސް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

''ދެން އަޅުގަނޑުމެން ދަތުރުހިފާނީ އެންމެ އުތުރަށް. ކުޅުދުއްފުށި ސިޓީއާއި، އެންމެ އުތުރުގެ އަތޮޅުތަކާ އެކީގައި އިރާދަކުރެއްވިއްޔާ، މިފަދަ ކޮންފަރެންސެއް، ރާއްޖޭގެ ހަތަރުވަނަ ވިއަވަތި ކޮންފަރެންސް ބޭއްވުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ ޖަނަވަރީ މަހުގެ ތެރޭގައި މިކަމަށް އަޅުގަނޑުމެންނަށް ތައްޔާރުވެވި, ހަމަ މިފަދަ، މިއަށްވުރެ ރަނގަޅު ބައްދަލުވުމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބާއްވާނަން.''

ރައީސް ވިދާޅުވީ ވޭތުވެދިޔަ ތިން ކޮންފަރެންސުން ލިބުނު މަޢުލޫމާތުގެ އަލީގައި, އަދިވެސް މިއަށް އިތުރު ކުރެވޭނެ ބައިވަރު ކަންތައްތައް އެބަހުރިކަން ފާހަގަކުރެއްވޭ ކަމަށެވެ.

''އަދި އިތުރަށް ވަގުތު ވެސް ބޭނުންވާނެ. ބައެއްކަހަލަ އިޝޫތަކުގައި މަޝްވަރާ ކުރައްވަން ބޭނުންފުޅުވި، ޚިޔާލުފާޅުކުރައްވަން ބޭނުންފުޅުވެވަޑައިގެންނެވި ބައެއް ބޭފުޅުންނަށް އަޅުގަނޑުމެންނަށް ފުރުސަތު ވެސް ނުދެވުނު.''

ނަމަވެސް އެ ހުރިހާ ކަމެއްގެ އަލީގައި ދެން އަންނަ ބައްދަލުވުމެއް މިއަށްވުރެ ފުރިހަމަކޮށް ބޭއްވޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!