ދުނިޔެ

ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަދި މީހަކަށް އަދާނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަދި މީހާގެ މަޤާމަށް އިންޑިއާގެ ވިޔަފާރިވެރިޔާ ގައުޓަމް އަދާނީ އަރައިފިއެވެ.

Ads by Sosun Fihaara

ބްލޫމްބާގްގެ ބިލިއަނަރ އިންޑެކްސްގެ އެންމެ މަތީގައި އަދިވެސް އޮތީ އެލޮން މަސްކެވެ. އޭނާގެ ނެތް ވޯތަކީ 260 ބިލިއަން ޑޮލަރެވެ.

މިއީ އޭޝިއާގެ މީހަކު ދުނިޔޭގެ އެންމެ މުއްސަދި މީހުންގެ ތެރޭގައި ހިމެނުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މި އަހަރު ފެށުނުއިރު އަދާނީ އޮތީ މި ލިސްޓްގެ 14 ވަނައިގައެވެ.

އަދާނީގެ 146.9 ބިލިއަން ޑޮލަރުގެ މުއްސަނދިކަން ބޮޑުތަނުން ގުޅިފައިވަނީ އޭނާގެ ފުޅާ ދާއިރާއެއްގައި އޮތް އަދާނީ ގްރޫޕް ކޮންގްލޯމެރޭޓްގެ ހޯލްޑިންގްސްއާއެވެ. އެ ގްރޫޕުން ފާއިތުވި އަހަރުތަކުގައި ކުރިއަރާފައިވާ ބަނދަރުތަކާއި ކޯލް ހިމެނޭ ގޮތަށް ގިނަ ވިޔަފާރިތަކެއްގެ ތެރޭގައި އުޅެއެވެ.

ޖޫން 2020 އިން ފެށިގެން އަދާނީގެ ބައެއް ކުންފުނިތަކުގެ ހިއްސާ %1،000 އަށް ވުރެ މައްޗަށް އަރާފައިވެއެވެ.

ފެބްރުއަރީ މަހު އަދާނީ ވަނީ އިންޑިއާގެ މުކޭޝް އަމްބާނީ އަށްވުރެ މުއްސަދިކަން އިތުރުކޮށް، އޭޝިއާގެ އެންމެ މުއްސަނދި މީހާއަށް ވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!