ދުނިޔެ

މޯދީގެ އުފަން ދުވަހާ ގުޅުވައި އިންޑިއާއަށް ފުރަތަމަ ފަހަރަށް ޗީތާތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

1952 ވަނަ އަހަރު ރަސްމީކޮށް ނެތިގެން ގޮސްފައިވާ ކަމަށް އިއުލާންކުރި ފަހުން ފުރަތަމަ ފަހަރަށް އިންޑިއާއަށް ޗީޓާތަކެއް ގެނެސްފިއެވެ.

Ads by WAMCO

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އުފަންދުވަހުގެ މުނާސަބަތުގައި ހޮނިހިރު ދުވަހު ނަމީބިއާ އިން 8 ޗީޓާ ވަނީ ގެނެސްފައެވެ.

މި ޖަނަވާރުތައް ވަލަށް ދޫކޮށްލުމުގެ ކުރިން މަހެއްހާ ދުވަހު އިންޑިއާގެ މެދުތެރޭގެ ނޭޝަނަލް ޕާކެއްގައި ކަރަންޓީން ކުރާނެއެވެ.

ޗީތާއަކީ ދުނިޔޭގައި ދުނިޔޭގައި އެންމެ ބާރު ދުވެލީގައި ދުވާ ޖަނަވާރެވެ. ގަޑިއަކު 70 މޭލު (113 ކިލޯމީޓަރު) ބާރުމިނުގައި ދުއްވުމުގެ ގާބިލްކަން މިއަށް ލިބިފައިވެއވެެ.

ޖުމްލަ 20 ޗީޓާއެއް ގެނައުމަށް ވަނީ ނިންމާފައެވެ. ފުރަތަމަ ގެނައީ މީގެ ތެރެއިން 8 ޗީތާއެވެ.

ޗީތާއަކީ ކުރިން އިންޑިއާގައި އުޅުނު ޖަނަވާރެކެވެ. ނަމަވެސް އިނގިރޭސިން އިންޑިއާގައި ވެރިކަންކުރި ދުވަސްވަރު، މި ޖަނަވާރުތައް ވަނީ މަރާފައެވެ. އިނގިރޭސިން ކިބައިން މިނިވަންކަން ލިބުނުއިރު އިންޑިއާގައި މިބާވަތުގެ ޖަވަނާރުތައް ވަނީ ނެތިގޮސްފައެވެ. މީގެ ކުރިން އީރާނުން ޗީތާ ގެންނަން އިންޑިއާއިން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އެކަން ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!