Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އެމްއާރުއެމްއިން މެންބަރުން ވަކިނުވާން އެދިއްޖެ

އެމްއާރުއެމްއިން މެންބަރުން ވަކިނުވާން އެދިއްޖެ

އެހެން ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި ބައިވެރިވުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވަކިނުވުމަށް އެ ޕާޓީން މިރޭ އެދިއްޖެއެވެ.

އެމްއާރްއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމްއާރްއެމަށް އިތުރު މެމްބަރުން ގުޅުމަކީ އަބަދުވެސް މަރުހަބާ ކިޔާނެ ކަމެއް ކަމަށާއި ނަމަވެސް އެހެން ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި ބައިވެރިވުމަށް، އެ ޕާޓީގެ ބައެއް މެމްބަރުން ޕާޓީން ވަކިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެން ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބުގައި ބައިވެރިވުމަށް ވަގުތީ ގޮތުން ޕާޓީން ވަކިވުމަކީ ގަބޫލުކުރާނެ އުސޫލެއް ނޫން ކަމަށާއި އެގޮތަށް އެކަން ނުކުރުމަށް އެމްއާރްއެމުން ވަނީ އެދިފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައިވާ ގޮތުން މިދިޔަ ޖުލައި މަހުގެ 31 ގެ ނިޔަލަށް އެމްއާރްއެމްގައި ތިބީ 3،155 މެމްބަރުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް