ދުނިޔެ

މޯދީގެ ނަސޭހަތެއް ޕުޓިންނަށް: މިއީ ހަނގުރާމަ ކުރަން ރަނގަޅު ވަގުތެއް ނޫން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކާބޯތަކެއްޗާއި ގަސްކާނާއާއި ތެޔޮ ލިބުމުގައި ހުރި ދަތިތައްފަދަ މުހިންމު ކަންކަމުގެ ކަންބޮޑުވުންތައް ހުއްޓައި، މިއީ ހަނގުރާމަކުރަންވީ ވަގުތެއް ނޫންކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންއަށް ދަންނަވައިފިއެވެ.

Ads by Sosun Fihaara

އުޒްބެކިސްތާނުގައި މިހާރު ކުރިޔަށްދާ ސަރަހައްދީ ސަލާމަތާގުޅޭ ސަމިޓްގެ ހަވާސާގައި ދެ ބޭފުޅުން ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މޯދީ ވިދާޅުވީ މިއީ ހަނގުރާމަކުރާ ޒަމާނެއް ނޫންކަމަށެވެ. މިކަން މީގެ ކުރިންވެސް ފޯނުން ޕުޓިންއާ ވާހަކަދެއްކެވިއިރު ފާހަގަކޮށްފައިވާނެކަމަށެވެ. މޯދީ ވިދާޅުވީ ދުނިޔެ އެއް ބައެއްގެ ގޮތުގައި ކުރިޔަށްދާނީ ޑިމޮކްރަސީއާއި ޑިޕްލޮމަސީ ވާހަކަދައްކައިގެންކަމަށެވެ.

މޯދީގެ މިކަންބޮޑުވުންތަކާގުޅިގެން ޕުޓިން ވަނީ މޯދީގެ ކަންބޮޑުވުންތައް ގަބޫލުފުޅުކުރައްވާކަމަށް ވިދާޅުވެފައެވެ. ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގައި އިންޑިޔާ އޮތް ހިސާބު ދެނެވަޑައިގަންނަވާކަމަށާއި، އިންޑިޔާގެ ކަންބޮޑުވުންތައްވެސް އެނގިވަޑައިގަންނަވާކަމަށް ޕުޓިން ވިދާޅުވިއެވެ. އަދި ހަނގުރާމައިގެ ހުރިހާ ކަމެއް ވީ އެންމެ އަވަހަކަށް ނިމުމަމަށް އައުމަށް އެންމެންވެސް ބޭނުންވާކަމަށް ޕުޓިން ވިދާޅުވިއެވެ.

މީގެއިތުރުން ޕުޓިން ވަނީ އިންޑިޔާއިން ރަޝިޔާގެ ވިޔަފާރީގެ ބައިވެރިއެއްގެ ގޮތުގައި އޮންނައޮތުމާމެދު ޝުކުރު އަދާކުރައްވާފައެވެ. އިންޑިޔާއިން ރަޝިޔާގެ ގަސްކާނާ ގަންނަމުންދާތީ އެކަން ފާހަގަކުރައްވައި ޕުޓިން ވިދާޅުވީ، އެކަމުގެ ސަބަބުން އިންޑިޔާގެ ދަނޑުވެރިކަމަށް އެހީތެރިވެވޭކަމަށް އުންމީދުކުރައްވާކަމަށެވެ.

ބުދަ ދުވަހު ޕުޓިން ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ޕުޓިންވަނީ، ހަނގުރާމައިގެ ސަބަބުން ޗައިނާގެ ހުރި ކަންބޮޑުވުންތައް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!