ދުނިޔެ

ޗައިނާއިން ބޮއިންއަށް ފިޔަވަޅު އަޅައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓައިވާނަށް ހަތިޔާރު ވިއްކާ މައްސަލާގައި ރުޅިގަދަވެ އެމެރިކާގެ ބޮއިން އާއި ރޭތިއޯން އަށް ދަތިކުރުމުގެ ފިޔަވަޅު ޗައިނާ އިން އަޅައިފިއެވެ.

Ads by Sosun Fihaara

ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ މި ދެ ކުންފުނި ހިންގަން ތިބި ވެރިންނަށެވެ.

ޗައިނާގެ މިނިވަންކަމާއި އިސްގިތުލާލް ރައްކާތެރިކޮށް ދެމެހެއްޓުމަށް ރޭތިއޯން ޓެކްނޮލޮޖީޒް ކޯޕޮރޭޝަންގެ ޗެެއާމަން އަދި ޗީފް އެގްޒެކެޓީވް އޮފިސަރު ގްރެގަރީ ޖޭ ހޭޔިސްއާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހުނީ ކަމަށް ޗައިނާ އިން ވަނީ ބުނެފަ އެވެ.

ބޮއިން ޑިފެންސް، ސްޕޭސް އެންޑް ސެކިޔުރިޓީގެ ރައީސް އަދި ޗީފް އެގްޒެކެޓިވްއާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހުނީ ވެސް ޗައިނާ ބުނާ ގޮުތން ޓައިވާން ހަތިޔާރު ސަޕްލައި ކޮށްދޭތީއެވެ.

ޓައިވާނަށް ސަޕްލައިކުރާ ހަތިޔާރު އުފައްދައިދެނީ ބޮއިން އާއި ރޭތިއޯން އިން އެވެ. ޗައިނާ ބުނާ ގޮތުން ޓައިވާނަށް ހަތިޔާރު ސަޕްލައި ކުރުމުގައި ވިސްނާނުލައިފި ނަމަ ދަތިކުރުމުގެ ފިޔަވަޅުތައް ފުޅާކުރާނެ އެވެ.

ޗައިނާ ބުނާ ގޮތުން ޓައިވާން އަށް ހަތިޔާރު ސަޕްލައިކޮށް އަސްކަރީ ގޮތުން ބާރުވެރިކުރުވުމަކީ "ވަން ޗައިނާ" ސިޔާސަތާ ފުށުއަރާ ކަމެކެވެ.

Ads by Ooredoo
  1. ރެފްރީ

    ބަރާބަރުނިންމުނެއް..