ޚަބަރު

މިއުވާން އިދިކޮޅަށް: ރައީސް ޔާމީން ވެރިކަމުގައި 30 ދަތުރުފުޅެއް، ސިންގަޕޫރަށް 9 ފަހަރު ވަޑައިގަތް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން އަބްދުލްޤައްޔޫމް ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް`

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖެއިން ބޭރަށް ގިނަ ދަތުރުފުޅުތަކެއް ކުރައްވާތީ އެކަމަށް ކިޔާ ފާޑު ކިޔާ އިދިކޮޅު ފަރާތްތަކަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ރައްދު ދެއްވައިފިއެވެ.

Ads by Sosun Fihaara

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞާލިޙް ބޭރު ޤައުމުތަކަށް ގިނަ ދަތުރުތަކެއް ކުރައްވާތީ، ރައްޔިތުން ކުރަމުންދާ ޝަކުވާތަކާއި ގުޅޭ ގޮތުން ނޫސްވެރިޔަކު ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލުގެ ޖަވާބުގައި މިއުވާން ވިދާޅުވީ، ރައީސް ޞާލިޙްގެ ދަތުރުފުޅުގެ ވާހަކަތައް ދައްކަވާއިރު، ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުގެ ވާހަކަތައް ދައްކަވަން ޖެހޭ ކަމަށެވެ. އަދި އެ ނަންބަރުތައް ވިދާޅުވިއެވެ.

މިއުވާން ހާމަކުރެއްވި ގޮތުގައި ވެރިކަމާ ހަވާލުވެ ވަޑައިގަތްފަހުން ރައީސް ޔާމީން އެންމެ ގިނައިން ވަޑައިގެންފައިވަނީ ސިންގަޕޫރަށެވެ. މިގޮތުން ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު ސިންގަޕޫރަށް އެކަނި ހަ ދަތުރުފުޅު ކުރައްވާފައިވާ ކަމަށާއި އަދި ދައުރު ނިމުނުއިރު ސިންގަޕޫރަށް ޖުމްލަ ނުވަ ދަތުރުފުޅު ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ސައުދީ އަށް 6 ދަތުރުފުޅު. މެލޭޝިއާ އަށް 4 ދަތުރުފުޅު، ޗައިނާ އަށް 3 ދަތުރުފުޅު، އިންޑިއާ އަށް 3 ދަތުރުފުޅު، ސްރީ ލަންކާ އަށް 2 ދަތުރުފުޅު ރައީސް ޔާމީން ވަނީ ކުރައްވާފައެވެ.

މީގެ އިތުރުން ތައިލެންޑް، ޕާކިސްތާން، ނޭޕާލް، ޖަޕާން އަދި ޔޫއޭއީ؛ ކޮންމެ ގައުމަކަށް 1 ދަތުރުފުޅު ކުރައްވާފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ، ރަޢީސްގެ ހައިސިއްޔަތުން ދަތުރުފުޅުތައް ކުރައްވަން ޖެހޭ ކަމަށާއި، މިހާރު ވެސް ކުރައްވަމުން ގެންދަވަނީ އެ މަަސައްކަތް ކަމަށެވެ. ދަތުރުފުޅުތަކަށް ހަރަދުތަކެއް ހިނގާނެ ކަމަށާއި ނަމަވެސް އޭގެ ނަތީޖާ ނެރުއްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ދުނިޔޭގެ ނަޒަރުގައި ރާއްޖެ މިއަދު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށާއި ޤައުމުތަކުން ދައުވަތު ދެނީ ރައީސް ގެންގުޅުއްވާ ޚާރިޖީ ސިޔާސަތުތަކުން ކަމަށެވެ. ނަމަވެސް ރައީސް ޞާލިޙް ކުރައްވާފައިވާ ދަތުރުފުޅުތަކުގެ ތަފްސީލެއް މިއުވާން ހިއްސާ ކުރައްވާފައެއް ނުވެއެވެ.

Ads by Allied Insurance
  1. ޢުމުރާ އަށް ދިއުންވެސް ގުނަނީ ދޯ….ބަލަ މިއުވާނޫޫ
    ސިންގަޕޫރަށް އޭނާ ދިޔައީ ބޭސް ފަރުވާ އަށް

  2. ބޭބެ

    އޭބަލަ އެތާ ޑޮލަރު ފޮރުވިންތަ ސިންގަޕޫރުގަ ރައްޔިތންގެ ހަްޤުތަށް ފޭރިއަތުލާ ފޮރުވިންތަ؟