Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

''ވާދަވެރިން ޕީޕީއެމްއާ ކުޅެލަން އުޅުނަސް އެކަމެއް ނުވާނެ, މިއީ ފަސްދޮޅަހުގެ އަހަރުތަކެއް ނޫން''

''ވާދަވެރިން ޕީޕީއެމްއާ ކުޅެލަން އުޅުނަސް އެކަމެއް ނުވާނެ, މިއީ ފަސްދޮޅަހުގެ އަހަރުތަކެއް ނޫން''

ވާދަވެރި ފަރާތްތަކުން ރޯ ބުހުތާން ވާހަކަތައް ދައްކައިގެން ޕީޕީއެމް ބައިބައިކޮށްލަން މަސައްކަތް ކުރި ނަމަވެސް ޕާޓީ އޮތީ މާ ބޮޑަށް ވެސް ބަދަހިކޮށް ކަމަށާއި, މިއީ ފަސްދޮޅަހުގެ އަހަރުތަކެއްނޫންކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްއިން ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގައި އާދަމް ޝަރީފް ވިދާޅުވީ ޕީޕީއެމްއަކީ ވަރަށް ބަދަހި, ޢާއިލީ ހަރުދަނާ ގުޅުމެއް އޮތް ޕާޓީއެއްކަން އިހްސާސް ކުރެއްވޭ ކަމަށެވެ. އަދި އަންނަ ރިޔާސީ އިންތިޚާބަކީ ޕީޕީއެމްއަށް ފަހި އިންތިޚާބަކަށްވާނެ ހުރިހާ ކަމަކަށް މިހާރު ތައްޔާރުވެފައި އޮތް މަންޒަރު ވަރަށް ސާފުކޮށް އެބަ ފެންނަ ކަމަށާއި, އެ ގޮތުން ވާދަވެރި ފަރާތްތަކުން ޕީޕީއެމްއާ ''ކުޅެލަން'' މަސައްކަތް ކުރަމުންދާ ކަމަށެވެ.

''އެނގިވަޑައިގަންނަވާނެ އެކި ފަހަރުމަތިން އަޅުގަނޑުމެންގެ ސިޔާސީ އެކި ބޭފުޅުންނާ ބެހޭގޮތުން އެކި ވާހަކަތައް ދައްކަމުން އެބަ ގެންދޭ. ރޯ ބުހުތާން ވާހަކަތައް އެ ދައްކަނީ. އެއީ ފަސްދޮޅަހުގެ އަހަރުތަކުގައި ކާމިޔާބު ކުރިކަމެއް. މިހާރަކު މި ޕާޓީއެއް މި ޕާޓީގެ މި އޮންނަ ވަރުގަދަ ހިންގުންތެރި ލީޑާޝިޕެއް އެ ގޮތަކަށެއް ފުނޑުފުނޑުކޮށްލެވިގެން ނުދާނެ.''

Advertisement
Allied — Dhen Online (box)

[caption id="attachment_162832" align="alignnone" width="300"]<img class="size-medium wp-image-162832" src="https://cdn.dhen.mv/wp-content/uploads/2022/09/IMG-20220819-WA00121-300x200.jpg" alt="" width="300" height="200" /> ރައީސް ޔާމީންއަށް ރިޔާސީ ޓިކެޓް އަރުވަން ބޭއްވި ޚާއްސަ ޖަލްސާގެތެރެއިން. ފޮޓޯ: ޕީޕީއެމް[/caption]

އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީނު ޢަބްދުލްޤައްޔޫމުގެ ފަހަތްޕުޅުގައި ގިނަ ރައްޔިތުން ތިބެނީ ސަބަބުތަކެއް ނެތިއެއް ނޫން ކަމަށާއި, ވެރިކަން ކުރެއްވި އެތައް ބޭފުޅުންނެއް ފެނުނުއިރު, ރައީސް ޔާމީން ނޫނީ ފަސް އަހަރުގެ ޑިމޮކްރެޓިކް ދައުުރެއް ފުރިހަމަކުރެއްވެވުނު ބޭފުޅެއް ނެތް ކަމަށެވެ.

ރައީސް ޔާމީންގެ ފަހަތްޕުޅުގައި ގިނަ ރައްޔިތުން ތިބޭ ބައެއް ސަބަބުތައް ހާމަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ މިހާރު އުޅޭ ގޮތަށް ރައީސް ޔާމީންގެ ދައުރުގައި ޒުވާނުން މަގުމަތިވެގެންނެއް ނޫޅޭ ކަމަށާއި, އޭރުގައި ޖީބަށް ފައިސާ ވަންނަ ކަމަށެވެ. އަދި މިއަދު މި އޮތް ހާލަތަށް ބަލާއިރު, ރައީސް ޔާމީން ފިޔަވައި ވެރިކަމަށް އެކަށީގެންވާ ދެވަނަ ބޭފުޅަކު މި ރާއްޖޭގެ އެއްވެސް ދިމާއަކުން ނުފެންނަ ކަމަށާއި, އެހެންކަމުން ވެރިކަމަށް އާދެވޭނެކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

[caption id="attachment_73235" align="alignnone" width="300"]<img class="size-medium wp-image-73235" src="https://cdn.dhen.mv/wp-content/uploads/2021/03/photo_2021-03-28-18.56.37-300x200.jpeg" alt="" width="300" height="200" /> މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު -- ދެން އިމޭޖްސް/މުޙައްމަދު އަރީޙް[/caption]

''އެ އުންމީދުގަ މި ތިބީ. އެއްގޮތަކަށް ވެސް ބަޔަކު ދައްކާ ވާހަކައަކަށް ހާސްވެވަޑައިގަންނަވާނެކަމެއް ނެތް. ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވަން އޮތީ އެ ދައްކާ ވާހަކަތަކަކީ ޕާޓީ ބައިބައިކޮށްލެވޭނެކަމަށް ދައްކާ ވާހަކަތަކެއް. އެއަށްވުރެ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ތިބީ ހުރިހާ ގޮތަކުން ވެސް މިހާރު އަދި ކުރިއަށްވުރެ މާ ބޮޑަށް ބަދަހިކަމާ އެކުގައޭ.'' އާދަމް ޝަރީފް ވިދާޅުވިއެވެ.

[caption id="attachment_162833" align="alignnone" width="300"]<img class="size-medium wp-image-162833" src="https://cdn.dhen.mv/wp-content/uploads/2022/09/IMG-20220920-WA0007-300x225.jpg" alt="" width="300" height="225" /> ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ޔާމީން އަދި އިދިކޮޅު ލީޑާޝިޕްގެ އިސް ބޭފުޅެއްކަމަށްވާ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ). ފޮޓޯ:ޕީޕީއެމް[/caption]

އާދަމް ޝަރީފް ވިދާޅުވީ ޕީޕީއެމްއާ ގިނަ ބަޔަކު ގުޅެނީ ވެސް އުންމީދެއް އޮތުމުން ކަމަށާއި, އުންމީދެއް އޮތިއްޔާ ދިރުމެއްވާނެ ކަމަށެވެ. ރޭގެ ޖަލްސާގައި ވެސް ގިނަ ބަޔަކު ވަނީ ޕީޕއެމްއާ ގުޅިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް