ދުނިޔެ

ޗިޕް އުފެއްދުމުގެ ދާއިރާއަށް އިންޑިއާއިން އިންވެސްޓް ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗިޕް އަދި ޑިސްޕްލޭ ޕެނަލްގެ ލޯކަލް އުފެއްދުން ކުރިއެރުވުމަށް އިންޑިއާއިން އެކުލަވާލާފައިވާ އިންސެންޓިވް ސްކީމްގެ ސަބަބުން ޖުމްލަ 25 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރެވޭނެ ކަމަށް ޖޫނިއާ އިންޑިއާގެ އައިޓީ މިނިސްޓަރު ރާޖީވް ޗަންދްރަސެކަރ ވިދާޅުވެއްޖެއެވެ.

Ads by WAMCO

ރާޖީވް މިގޮތަށް ވިދާޅުވެފައި ވަނީ ޕްރޮޖެކްޓްގެ ހަރަދުގެ 50 ޕަސެންޓް ފޫބެއްދުމަށް އިންޑިއާ ސަރުކާރުން އާ ސެމީކޮންޑަކްޓަރު ފެސިލިޓީތަކަށް މާލީ އެހީތެރިކަން ހޯދިތާ ގަޑިއިރުތަކެއް ފަހުންނެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ދަނީ ޗިޕް އަދި ޑިސްޕްލޭ އުފެއްދުމަށް 10 ބިލިއަން އެމެރިކާ ޑޮލަރުގެ އިންސެންޓިވް ޕްލޭނެއްގެ ދަށުން އިތުރު ބޮޑެތި އިންވެސްޓްމަންޓްތައް ޝައުގުވެރި ކުރުވުމަށް މަސައްކަތް ކުރަމުންނެވެ.

އާ ޑިސްޕްލޭ އާއި ޗިޕް ޕްލާންޓްތައް ގާއިމް ކުރުމަށް ކުރާ ހަރަދުގެ %30 %50 ޕަސެންޓާ ދެމެދުގެ އަދަދެއް ފޫބެއްދުމަށް ސަރުކާރުން ވަނީ މީގެ ކުރިން އެއްބަސްވެފައެވެ. ސެމީކޮންޑަކްޓަރ ޕެކޭޖިން ފެސިލިޓީތައް ގާއިމް ކުރުމަށް ބޭނުންވާ ކެޕިޓަލް ޚަރަދުގެ %50 ފޫބެއްދޭނެ ކަމަށް މިހާރު ސަރުކާރުން ވަނީ ބުނެފައެވެ.

ރާޖީވް ވިދާޅުވީ އިންޑިއާގެ ޗިޕް ދާއިރާއަށް އިންވެސްޓް ކުރުމަށް ދުނިޔޭގެ ގިނަ ފަރާތްތަކާ އެކު ސަރުކާރުން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ފަރާތެއްގެ ނަން ހާމަކުރައްވާފައެއްނުވެއެވެ.

މިދިޔަ ހަފްތާގައި އޮއިލް ޓު މެޓަލްސް ކޮންގްލޯމެރޭޓް ވެދާންޓާ އާއި ޓައިވާންގެ ފޮކްސްކޮން އިން ވަނީ އިންޑިއާގެ ގުޖުރާތާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް، ސެމީކޮންޑަކްޓަރާއި ޑިސްޕްލޭ ޕްރޮޑަކްޝަން ޕްލާންޓްތައް ގާއިމް ކުރުމަށް ހުޅަނގުގެ ސްޓޭޓުގައި 19.5 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކޮށްފައެވެ.

ވެޑަންޓާ އަކީ ދެކުނުގެ ސްޓޭޓްތައް ކަރްނާޓަކާ އާއި ޓަމިލް ނާޑޫގައި ގާއިމް ކުރަމުން އަންނަ ބައިނަލްއަގްވާމީ ކޮންސޯޓިއަމް އައިއެސްއެމްސީ އާއި ސިންގަޕޫރުގައި ހުންނަ އައިޖީއެސްއެސް ވެންޗާސް އަށް ފަހު އިންޑިއާގައި ޗިޕް ޕްލާންޓް ލޮކޭޝަނެއް އިއުލާންކުރި ތިން ވަނަ ކުންފުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!