ދުނިޔެ

އިންޑިއާ އަބަދު ވެސް އޮންނާނީ ސުލްހައިގެ ފަޅީގައި: ޖައި ޝަންކަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޝިއާގެ އަސްކަރިއްޔާއިން މިހާރު ޔޫކްރައިންގައި ކުރަމުންދާ ވަރުގަދަ ހަނގުރާމާގައި އިންޑިއާ އޮތީ "ސުލްޙައިގެ ފަޅީގައި" ކަމަށާއި، އިންޑިއާއިން "ސާބިތުކަމާއެކު ދެމި އޮންނާނީވެސް" ހަމަ އެ ފަޅީގައި ކަމަށް، އދގެ އާންމު މަޖިލީހުގައި އިންޑިއާއިން ބުނެފިއެވެ.

Ads by WAMCO

ކަން މިހެން އޮތް އިރު ރަޝިއާއަކީ އިންޑިއާގެ ޒަމާންވީ ވިޔަފާރިއާއި ދިފާއީ ގުޅުންތަކުގެ ބައިވެރިއެއްކަން ފާހަގަ ކުރުން މުހިންމެވެ. ރަޝިއާގެ އަސްކަރިއްޔާއިން ފެބުރުއަރީ މަހު ޔޫކްރައިންގައި ހަނގުރާމަ ފެށިފަހުން، ރަޝިއާ އަތުން އިންޑިއާއިން ތެލާއިން ބޯޓުދެލި ގަންނަ މިންވަރު ވަނީ އިތުރު ކޮށްފައެވެ.

އަސްކަރީ ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމަ، ސާފު އިބާރާތުން ކުށްވެރިކޮށް، އިންޑިއާއިން އަދި މިހާތަނަށް، ވާހަކަ ދައްކާފައެއް ނުވެއެވެ. ނަމަވެސް ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިންއާއެކު ހުސްވި ހަފުތާގައި ކުރިއަށް ގެންދެވި ބައްދަލުވުމެއްގައި، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވަނީ، މިއީ ހަނގުރާމައިގެ ދުވަސްވަރަކަށް ހެދެން ނެތް ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގައި މިހާރު ކުރިއަށްދާ އދގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ އެސް ޖައިޝަންކަރު ވިދާޅުވީ، އިންޑިއާ އޮތީ މަޝްވަރާތަކަށް ގޮވާލާ ފަޅީގައި ކަމަށާއި، އަދު އޮތް ހާލަތުން މިންޖުވެވެން އޮތް ހަމައެކަނި ގޮތަކީ ޑިޕްލޮމަސީ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!