ދުނިޔެ

އިންޑިއާގެ ސިފައިންގެ ވެރިޔަކަށް ޖެނެރަލް އަނިލް ޗޯހަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ސިފައިންގެ އެންމެ އިސްވެރިޔާގެ މަގާމަށް ރިޓަޔާޑް ޖެނެރަލް އަަނިލް ޗޯހަން އައްޔަނުކޮށްފިއެވެ.

Ads by Sosun Fihaara

ކުރިން އިންޑިއާގެ ޑިފެންސް ޗީފަކަށް ހުންނެވި ޖެނެރަލް ބިޕިން ރާވަތު އަވަހާރަވީ މިދިޔަ ޑިސެމްބަަރު މަހު ހެލިކޮޕްޓަރު އެކްސިޑެންޓެއްގައެވެ.

އަލަށް އެ މަގާމަށް އައްޔަނު ކުރި އުމުރުން 61 އަހަރުގެ ޗޯހަަންއަކީ ކުރިން ލެފްޓިނެންޓް ޖެނެރަލެކެވެ. އޭނާ ރިޓަޔާ ކުރެއްވީ މޭ 2021 ގައި އިންޑިއާ ސިފައިންގެ އިރުމަތީ ޑިވިޝަންގެ ކޮމާންޑަރަކަށް އުޅުއްވުމަށް ފަހުއެވެ.

ޑިފެންސް ޗީފްގެ އިތުރުން ޑިޕާޓްމަންޓް އޮފް މިލިޓަރީ އެފެއާޒްގެ ސެކެޓްރީކަން ވެސް ދެން ކުރައްވާނީ ޗޯހަން ކަމަށް އިންޑިއާ ސަރުކާރުން ބަޔާނެއްގައި ބުންޏެވެ.

ޗޯހަން އެ މަގާމަަށް އަައްޔަނުކޮށްފައިވާ އިރު، ގިނަ ދުވަސްތަކެއް ވަންދެން މަގާމު ހުސްކޮށް އޮތުމުން، އެކި ފަަރާތްތަކުން ދިޔައީ އައްޔަނު ކުރާނެ ވެރިޔަކާ ގުޅޭ ގޮތުން އެކި ގޮތަށް ހަބަރު ފަތުރަމުންނެވެ.

ކުރިން ޑިފެންސް ޗީފްކަމުގައި ހުންނެވި ރާވަތު އެ މަގާމަށް އައްޔަނު ކުރީ 2019 ވަނަ އަހަރުގެ ފަހުކޮޅު ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެވެ.

ރާވަަތް އާއި އަނބިކަަނބަލުން އަދި ސިފައިން 12 މީހުން ވެއްޓުނު ހެލިކޮޕްޓަރުގައި ތިބި އިރު، އެ އެންމެން ވެސް ވަނީ މަރުވެފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!