ދުނިޔެ

ޗައިނާއާއެކު ގުޅުން ބާއްވަން ބޭނުން: އިންޑިއާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއާއެކު ދެފަރާތަށް ވެސް އިޙްތިރާމް ކުރާާ ގުޅުމެއް އިންޑިއާއިން ދެމެހެއްޓަން އިންޑިއާއިން ތައްޔާރަށް އޮތް ކަމަށް އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ޖައިޝަންކަރު މިހެން ވިދާޅުވީ ޗައިނާއާއި އިންޑިއާއާ މެދުގައި ކަންކަން ސުލްހަވެ ވފައިވާ ގޮތާ ބެހޭ ގޮތުން ބެއިޖިން އިން އެއްގޮތަކަށް ވެސް ނުދެއްކޭ ކަމަށް ކުރި ކޮމެންޓާއި ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވޮޝިންޓަނުގައި މިހާރު ކުރިޔަށްދާ ޔޫއެންގެ ބައްދަލުވުމުގައެވެ.

"ޗައިނާއާ އެކު ގުޅުމަކަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާއިރު، އެކަމަކު ދެފަރާތުގެ ނާޒުކުކަމާއި، ދެފަރާތަށް އިހުތިރާމްކުރުމާއި، ދެފަރާތުގެ މަސްލަހަތުގެ މައްޗަށް ބިނާކޮށްފައިވާ ގުޅުމެއް،" ޖައިޝަންކަރު ވިދާޅުވިއެވެ.

ޗައިނާއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން 2020 ވަނަ އަހަރު ބޯޑަރުގައި ހިނގާދިޔަ ކަންކަމަށްފަހު ވަރަށް ބޮޑަށް ވަނީ ގޯސްވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!