ވިޔަފާރި

500 އަށް ވުރެ ގިނަ ގޭމަރުންނާ އެކު އުރީދޫ ޕަބްޖީ މުބާރާތް ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އުރީދޫ އިން ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތަށް ކޮލިފައިވާ ޓީމުތައް ހޮވުމަށް ބާއްވާ ކޮންޓެންޑާ ސީރީޒްތަކުގެ ދެ ވަނަ މުބާރާތް ފަށައިފިއެވެ.

Ads by Hajj Corporation

އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 13 އިން 17 އަށެވެ. އެ މުއްދަތުގައި ރަޖިސްޓްރީވި ޓީމުތަކުގެ ތެރެއިން ޝަރުތު ހަމަވެގެން 89 ޓީމުން 500 ގޭމަރުން މުބާރާތުގައި ވާދަ ކުރާ ކަމަށް އުރީދޫ އިން ބުނެއެވެ.

ރީދޫ އިން ބުނީ މި ސީރީޒުން މޮޅުވާ ތިން ޓީމު ރާއްޖޭގައި ބައްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތަށް ކޮލިފައި ވާނެ ކަމަށެވެ. އެ މުބާރާތަކީ އުރީދޫ ގޭމާޒް ނޭޝަންއިން ބާއްވާ މުބާރާތެކެވެ. އަދި އެއީ ރާއްޖޭގައި ބާއްވާ އެ ފަދަ އެންމެ ފުރަތަމަ މުބާރާތެވެ.

އެ މުބާރާތަށް އުރީދޫއިން ކަނޑައަޅާފައި ވަނީ 100،000ރ. ފައިސާގެ އިނާމެކެވެ. މިއީ ގޭމިން މުބާރާތަކަށް ރާއްޖޭގައި ހުށަހަޅާފައިވާ އެންމެ ބޮޑު ފައިސާގެ އިނާމެވެ.

ކޮންޓެންޑާ ސީރީޒް 2 ގެ މެޗުތައް އާދިއްތަ ދުވަހުގެ ރޭ ފަށާފައިވާއިރު، މުބާރާތް ކުރިއަށް ދަނީ ފަސް ބަޔަކަށް ބަހާލައިގެން ކަމަށް އުރީދޫއިން ބުނެ އެވެ. ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ކޮންޓެންޑާ ސީރީޒް 2 ގެ އެއް ވަނަ ޓީމަށް 10،000ރ. ދެ ވަނަ ޓީމަށް 3،000ރ. އަދި ތިން ވަނަ ޓީމަށް 2،000ރ. ދިނުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫއިން ގޭމަރުންނަށް "ޕަބްޖީ ޑޭޓާ ޕެކް" ގެ ނަމުގައި ހާއްސަ ޑޭޓާ ޕެކެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. އަދި އެ ޕެކު ބޭނުން ކުރާ ކަސްޓަމަރުންގެ މެދުގައި ހާއްސަ ޕްރޮމޯޝަނެއް އުރީދޫއިން ވަނީ ފަށާފަ އެވެ.

އެ ޕްރޮމޯޝަންގެ ދަށުން އެ ޕެކް އެކްޓިވޭޓު ކުރާ މީހުންގެ ތެރެއިން ނަސީބުވެރި ފަސް މީހަކަށް ވީއާރު ކެފޭއިން އެއް ގަޑިއިރުގެ ވީއާރު ސެޝަނެއް ލިބޭނެކަމަށް އުރީދޫ އިން ބުނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!