ވިޔަފާރި

ސެމްސަންގް ޒެޓް ފޯލްޑް އުރީދޫން

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ސެމްސަންގުން މާކެޓަށް ނެރުނު އާ ފޯނު އުރީދޫގެ އޮންލައިން ޝޮފް، މޫލީ އިން ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

Ads by Sosun Fihaara

އެ ކުންފުނިން މިއަދު ބުނީ، ހުރިހާ ކަސްޓަމަރުންނަށް ވެސް "ފޯލްޑަބަލް"، "ސެމްސަންގް ޒީ ފޯލްޑް" ފޯނު ގަތުމަށް "މޫލީ" މެދުވެރިކޮށް އޯޑަރު ކުރެވޭނެ ކަމަށެވެ. ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކު ވިޔަސް އެ މީހެއްގެ ގެ އަށް އެ ފޯނު ޑެލިވަރީ ކޮށްދޭނެ ކަމަށް އުރީދޫން ބުނެއެވެ.

ސެމްސަންގް ޒީ ފޯލްޑް ފޯނަކީ ޕްރިމިއަމް ފޯނެކެވެ. މާކެޓުގައި މިހާރު ހުރި އެންމެ އަގު ބޮޑު ފޯނުތަކުގެ ތެރޭގައި ހިމެނޭ އެ ފޯނަކީ 7.6 އިންޗީގެ ޑިސްޕްލޭއެއް ހުންނަ ފަތް ޖަހާލެވޭ ފޯނެކެވެ. މޫލީ އިން ލިބެން ހުރީ އެ ފޯނުގެ 25 ޖީބީގެ ފެންޓަމް ބްލެކް ކުލައިގެ ފޯނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!