ޚަބަރު

މަޤްބޫލު މަންޒިލަކަށް ރާއްޖެވީ ދިވެހިންގެ މެހެމާންދާރީގެ ސަބަބުން: ފައިސަލް ނަސީމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލަކަށް ރާއްޖެ ވެގެންދިޔައީ ދިވެހިންގެ މެހެމާންދާރީގެ ސަބަބުންކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ނައިބު ރައީސް މިހެން ވިދާޅުވީ، މިއަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސާޓާ) ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ރާއްޖެއަކީ ގުދުރަތީ ގޮތުން ރީތިކަން ލިބިފައިވާ މަންޒިލެއްކަމަށެވެ. ގުދުރަތީގޮތުން ލިބިފައިވާ ރީތިކަމުގެ އިތުރުން މިއަދު ދުނިޔޭގެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލަކަށް ރާއްޖެ ވެގެންދިޔައީ ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ މެހެމާންދާރީގެ ސަބަބުންކަމަށެވެ.

ދިވެހިންނަކީ އަބަދުވެސް މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ފާއިތުވި 50 އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ފަތުރުވެރިންނަށް ރާއްޖެއިން ހިނިތުންވުން ގެނެސްދީފައިވާކަމަށެވެ. ދުނިޔޭގެ އެހެން ޤައުމަކުން މިފަދަ މެހެމާންދާރީއެއް ނުލިބޭނެކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަން ފެށި ފަރާތްތަކުން އެކަން ފަށައިގެން އައީ ގިނަ ގޮންގެހުންތަކާއި އެކުގައިކަމަށެވެ. އަދި މިއަދު ފަތުރުވެރިކަން މި ހިސާބަށް އައިސްފައިވާއިރު އެ ފަރާތްތަކަށް ހައްގު ޝުކުރު އަދާނުކުރެވޭކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

މިދިޔަ 2 އަހަރު ކޯވިޑްގެ ސަބަބުން ސައުތު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިކަމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ސާޓާ އެވޯޑަކީ ސައުތު އޭޝިއާ ސަރަހައްދުގެ 6 ޤައުމަކުން ވާދަކުރާ އެވޯޑެކެވެ. މިއަހަރުގެ ސާޓާ އެވޯޑްގައިވެސް ރާއްޖެއިން ވަނީ ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައެވެ.

Ads by Allied Insurance
  1. ނާޅި

    މިހާރަކު ދިވެހި ވެރިންގެ ގާގައި ރީތި އަހުލާޤުގެ ކަންފުޅެއްވެސްނެތް ސިޔާސީ ދުނިޔޭގެ މާއްދީ އެދުންވެރިކަން ކުރިޔަތް ނެރެގެން އެކަކު އަނެކަކުގެ ކަރުގަހިފަން ކޮންމެ މީހަކުވެސް އުޅެނީ، ވެރިންގައި ނެތް ސިފައެއް ރީތި އަހުލާޤެއް ރައްޔުތުން ގައިގާ ހުންނާނެބާ !