ޚަބަރު އިޖުތިމާޢީ

ބަންޑުން ޖަހައިލި ބޯޓުން ކަނޑުވި ފަޅުވެރިން މާލެ ގެނެސްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮޓޯ: އެމްއެންޑީއެފް

މިދިޔަ މަހުގެ 28 ވަނަ ދުވަހު އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުމް ގޯސްވެ، ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން ބަންޑުން ޖަހައިލި ބޯޓުން ކަނޑުވި ފަޅުވެރިން ރޭ މާލެ ގެނެސްފިއެވެ.

Ads by STELCO

އެމްއެންޑީއެފުން ބުނީ މި މީހުން މާލެ ގެނެސްދީފައި ވަނީ އެ ބޯޓު އަޑިއަށް ދިޔަ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓުގައި ރޭ 23:45 ހާއިރު ކަމަށެވެ.

އެ މީހުންނަކީ އިންޑިޔާއަށް ނިސްބަތްވާ މީހުންނެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް އެމްއެންޑީއެފުން ބުންޏެވެ.

''ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުން މި މީހުންނާ ގުޅުންހުރި ކަންކަން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން'' އެމްއެންޑީއެފުން ބުންޏެވެ.

ހަތް މީހުންނާއެކު ދަތުރުކުރި އެ ބޯޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތްކުރަމުން ދަނިކޮށް، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗަށް އެ މީހާ ފެނިފައިވަނީ އިއްޔެ 17:25 ހާއިރުއެވެ. 59 އަހަރުގެ އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!