އިންޑިއާއިން ރާއްޖޭގެ ކަރެކްޝަނަށް ލޯންޗެއް ހަދިޔާކޮށްފި

އިންޑިއާ ސަރުކާރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ލޯންޗެއް ހަދިޔާކޮށްފިއެވެ.
އިންޑިއާ ސަރުކާރުގެ ފަރާތުން މި ލޯންޗް ހަދިޔާކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ. ކަރެކްޝަންސްގެ ފަރާތުން ލޯންޗާ ހަވާލުވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅެވެ.
މިއީ 2021 ވަނަ އަހަރު އިންޑިއާއިން ކަރެކްޝަންސްއަށް ހިލޭ އެހީގެ ދަށުން ފޯރުކޮށްދިން 4 އުޅަނދުގެ ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދިން ލޯންޗެކެވެ. 2021 ވަނަ އަހަރު ކަރެކްޝަންސްއަށް އިންޑިއާއިން ވަނީ 4 ވޭން ހިލޭ އެހީގެ ގޮތުގައި ދީފައެވެ.
ލޯންޗް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މިހާރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ރާއްޖޭގެ ފޮރިން މިނިސްޓަރު އިބްރާހީމް އަމީރު އާއި ކަރެކްޝަންސްގެ ބައެއް އޮފިސަރުންވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދު ވަނީ ރާއްޖެއިން 100 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެގްރިމެންޓެއްގައިވެސް އިންޑިއާއާ އެކު ސޮއިކޮށްފައެވެ.
އީސްޓް އިންޑިޔަން ކޮމްޕެނީގެ އެހީތޯ ! ކުރިން ކަންނަށްނޫރު ރާޖާގެ އެހީވެސް ލިބުނު !