އައްޑޫ ސިޓީ ހިތަދޫން މީހަކު ގެއްލިގެން ހޯދަނީ

އައްޑޫ ސިޓީ ހިތަދޫން މީހަކު ގެއްލިގެން ހޯދަން ފަށާފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ފުލުހުން ބުނީ ހޯދަމުން އަންނަނީ އުބައިދުﷲ ޙަސަން (28އ) ކަމަށެވެ.
އޭނާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ 08:00 ހާއިރު ކަމަށާއި, އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ސޯޓަކާއި ޓީޝާޓެއް ކަމަށް ފުލުހުން ބުންޏެވެ.
''އެންމެ ފަހުން ފެނިފައިވަނީ 2022 ސެޕްޓެމްބަރ 27 ވަނަ ދުވަހުގެ 08:00 އެހައިކަންހާއިރު ހިތަދޫ ގުރައިޝާ މަންޒިލްގެ ކައިރިން.'' ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުންޏެވެ.
ފުލުހުން ވަނީ އުބައިދުﷲ ޙަސަނާބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ނަންބަރު 9791612 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް އެދިފައެވެ.