ޚަބަރު ސިޔާސީ

ދިރުންތައް ނައްތައިލުމުގެ ކުރިން ދެވަނަ ވިސްނުމެއް ނެރެންޖެހޭ: ރައީސް ނަޝީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ނަޝީދު މީގެ އަހަރުތަކެއް ކުރިން.

ދިރުންތައް ނައްތައިލުމުގެ ކުރިން ދެވަނަ ވިސްނުމެއް ނެރެ, އަނެއް ގޮތް ހޯދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ތިމާވެށީގެ ކަންކަމުގައި އަބަދު ވެސް ވަކާލާތު ކުރައްވާ ރައީސް ނަޝީދު މިހެން ވިދާޅުވީ ރޭ އިރާކޮޅު ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ނަޝީދުގެ ޓުވީޓުގައި ވިދާޅުވީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު ގުދުރަތީ ދިރުންތަކުގެ މަތިން ހަނދާންކުރަން ޖެހޭ ކަމަށާއި, ދިރުންތައް ނައްތައިލެއްވުމުގެ ކުރިން ދެވަނަ ވިސްނުމެއް ނެރެ އަނެއް ގޮތް ހޯދަންޖެހޭ ކަމަށެވެ.

''އަޅުގަނޑު މި ދަންނަވަނީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަވާއިރު ގުދުރަތީ ދިރުންތަކުގެ މަތިން ހަނދުމަފުޅު ކުރެއްވުމަށް. ގަސްގަހާގެހި, މަސްމަހާމެހި, ދޫނިސޫފާސޫފިފަދަ މި ކައުނުގައިވާ ދިރުންތައް ނައްތައިލެއްވުމުގެ ކުރިން ދެވަނަ ވިސްނުނެއް ނެރުއްވާ އަނެއް ގޮތް ހޯއްދެވުމަށް.'' ރައީސް ނަޝީދުގެ ޓުވީޓުގައި ވެއެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އަމީނީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އެ މަގުގައި ހުރި ގަސްތައް ކަނޑާ މައްސަލަ ވެސް ބޮޑުވެފައި ވަނިކޮށެވެ. އެ މައްސަލައިގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ގަސްތައް ކަނޑާ މައްސަލަ ނުހުއްޓައިފިނަމަ ޝަރީޢަތަށް ވަޑައިގަންނަވާނެކަމުގެ އިންޒާރު ވެސް ދެއްވިއެވެ.

އެންމެ ފަހުން ވަނީ އެކަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހަޅުއްވައިފައެވެ. ރައީސް ނަޝީދުގެ ފަރާތްޕުޅުން އެ މައްސަލަ ހުށަހެޅުއްވީ ޝުނާނާ އެންޑް ކޯ ލޯ ފާމުންނެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިންނެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުން ގަސްތައް ގެންދަނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ކުޑަގިރިއަށެވެ.

ގަސް ކަނޑާތީ ނަޝީދުގެ ''ލޮލު ފިޔަ ނުޖެހޭ'' ކަމަށާއި, ނަމަވެސް ބުރިޖު އެޅުމުގެ މަޝްރޫޢުގެ ތެރެއިން އިންޑިއާގެ ކުންފުނީގެ ޕްލެޓްފޯމް ވިލިމާލޭ ފަރަށް އެރުމުން ވެސް ނަޝީދަށް އެއްވެސް ކަމަކަށް ނުވިކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ.

Ads by Ooredoo
  1. ގިރި

    ވިލިމާލެެ ގިރިއައްް ލިބުނީކިހާމިންވަރެއްގެެ ގެއްލުމެއްތޯވެސްް އަހާލަންނުކެރޭތީީ މަނިކުފާނަކީީ އެވެސްއިޚުލާސްތެރިކަމެއްނެތިވަކިމަގުސަދެއްް ހާސިލްކުމައްް މަސައްކަތްކުރާެ މީހެއްކަންް ކިތަންމެރަގަޅަކައްވެސްް ހާމަވޭޭ ގައުމައްބޭނުންވަނީީ އިޚްލާސްތެރިންް އަމިއްލަަ އެދުމުންފޯވެފަަ ތިބިމީހުންނެެއްނޫން