ޚަބަރު

ކުދި ޕާޓީތަކުގެ ފަހަތަށް ޕީޕީއެމް އަރަންޖެހޭ ހާލަތެއް ނެތް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުދި ޕާޓީތަކުގެ ފަހަތަށް ޕީޕީއެމް އަރަންޖެހޭ ހާލަތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މަޖިލީސް މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ތާއީދު ކުރައްވަނީ ރައީސް ޔާމީނަށް ކަން އެންމެންނަށް ވެސް އިނގޭނެ ކަމަށެވެ. އަދި ޕީޕީއެމްގެ އަމާޒަކީ 2023 ކާމިޔާބު ކުރުން ކަމަށާއި ކުދި ޕާޓީތަކުގެ ފަހަތައް ޕީޕީއެމް އަރަންޖެހޭ ހާލަތެއް ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ ރިޔާސީ ޓިކެޓް ރައީސް ޔާމީންއަށް ދިނުމަކީ ދިވެހިންގެ ގިނަ ބައެއްގެ އުންމީދެއް ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން ކުރެއްވީ ގާނޫނީ ވެރިކަމެއް ކަމަށާއި ތަފާތު ކުރެއްވުމެއް ނެތި ގާނޫނުތައް ނަގަހައްޓައިދެއްވި ކަމަށް ޝާރީފް ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance
  1. ފިނިހަކަ

    ޕީޕީއެމާ ޕާޓީތަކުން ޖެހިގަނެގެން އުޅެނީ އެބައިމީހުނަށް ގޮތް ހުސްވެގެން، ރޔާމީން ދެކެ ގަންނަ ބިރަކާ ޖެހިލުމެއްގެ ސަބަބުން ޕާޓީތަކުން މި ކުރާކަމަކީ ޕާޓީގެ އެކި އެކި އަދި ހައްގުބަސް ބުނެ ހައްގުގާ ހިފައިގެން ތިއްބެވި އަޒުމު ވަރުގަދަ ބޭބޭފުޅުންނޭ ކިއައިގެން ދޮގު ޚަބަރުތައް ފަތުރާ، ޕާޓީތެރެ ހަލަބޮލިކޮށް ފަސާދަ ކުރަން ކުރާ ހިޔަޅު މަސައްކަތެއްތީ ރޔާމީން ދޫކޮށްފަ ދާންތިބި ބަޔަކު ވިއްޔާ މިހާރު ޕާޓީ ދޫކޮށްފަ ހިނގައްޖެ މިހާރު އެދުވަސް ހިނގައްޖެ، ދެން މިތިބީކީ އެހާޢައްދާރު ބައެއްނޫން، ދެނެއް އެކަކުވެސް ރޔާމީން ދޫކޮށްފަ ނުދާނެ ދެން އެކަމެއް ނުކުރެވޭނެ، އިންޝާއަﷲ، އެކަމުގެ ހެއްކެއް ރޔާމީން ދޫކޮށްފާ ދިއެ ގިނަ މީހުން ރޔާމީން އަރިހަށް މިހާ އެނބުރި އައިސްފާ އެވަނީ.

    • ޢާދަންމަނިކު

      ކޮންމެ ޕްރޮޖެކްޓަކުން ދައުލަތުން ދައްކާގޮތަށް ކަމިޝަން ނަގައިގެން ހުރި ވަގަކަށް ތިވަރުވާނެކަމެއްނެތް. އޭނަ ކައިގެން އެހުރީ ފިނިހަކައަށްވެސް ލިބެންޖެހޭ ފަސޭހަތަކެއް ގަންނަންހުރި ފައިސާ.

  2. ބޯގޯސް

    އާދަމް ތިބުނާއެއްޗެތި ތަކެއް ކޭނަމަ މިހާރު މިގައުމު މިފަދަ ހަރުދަނާގޮތެއްގާ ނުފެނުނީސް، ތިބުނާ ޕުރޮޖެކުޓުތައް ކާ މީހުން މިހާރު އެ ތެޅެނީ ނޭވާހޮޅިއަށް އެޅިގެން މުޅި ދުނިޔެވެސް އެބަ ހެވޭ ޕުރޮޖެކުޓުތައް ކަނީ މި ހާރު މިއޮތް ގާނޫނާ ޚިލާފު ސަރުކާރުންކަން، ތި ބުނާއެއްޗެތިތައް ނުކާކަމުގެ އަލިގަދަ ދަލީލަކީ މިހާރު މިނިވަނެއްކަން އިސްލާމީޝަރީއަތުން ކަނޑައެޅުން.