ދުނިޔެ

ފްލައިޓެއްގައި ބޮމެއް އޮތްކަމުގެ މައުލޫމާތާއެކު އިންޑިއާގެ ޖެޓްތައް ހަރަކާތްތެރިވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އީރާނުގެ މަތިންދާބޯޓު މަހާން އެއާގެ ފްލައިޓެއްގައި ބޮމެއް އޮތް ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިންޑިއާގެ ފައިޓަރ ޖެޓްތަކެއް ހަރަކާތްތެރިވެއްޖެއެވެ.

Ads by WAMCO

މި ފްލައިޓަކީ އިރާންގެ ތެހެރާނުން ޗައިނާގެ ގުއަންޒޯއަށް ދަތުރުކުރި ފްލައިޓެކެވެ.

އިންޑިއާގެ ވައިގެ ސިފައިން ބުނީ، އިންޑިއާގެ ވައިގެ ސަރަހައްދުން ދިޔަ އީރާނުގެ ރަޖިސްޓްރީ ކޮށްފައިވާ އެއާލައިނެއްގައި ބޮމެއް ހަރުކޮށްފައި ހުރި ކަމުގެ މައުލޫމާތު ލިބުމުން ހަނގުރާމަ ޖެޓްތައް ފޮނުވފާއިވާ ކަމަށެވެ.

ވައިގެ ސިފައިން ބުނީ ފަހުން އީރާނުން އެ މައުލޫމާތަކީ ސައްޙަ މައުލޫމާތެއް ނޫން ކަމަށް ބުނުމުން، ފްލައިޓް އޭގެ މަންޒިލަށް ގޮސްފައިވާ ކަމަށެވެ.

އީރާނުގެ މަތިންދާބޯޓު މަހާން އެއާގެ ޗައިނާގެ މަންޒިލަށް ސަލާމަތުން އަތުވެއްޖެ ކަމަށް އީރާނުގެ ސެމީ އޮފިޝަލް އިސްނާ ނިއުސް އެޖެންސީން ވަނީ ހާމަކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!