ޚަބަރު ރައްޔިތުންގެ މަޖިލިސް

އަޒްހާންގެ މަރާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލޭގައި ގޮތްނޭނގޭ ގޮތަކަށް މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ މަރުގެ ތަހުގީގު ހަލުވިކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

Ads by STELCO

މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރެވެ.

އެ މައްސަލައިގައި ބުނެފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 18 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހިން މުޙައްމަދު އަޒްހާން ގެއްލިފައިވަނިކޮށް، އަޒުހާން ކަމަށް ލަފާކުރެވޭ މީހެއްގެ ފުރާނަ ނެތް މަސްގަނޑު އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ހުޅުމާލެ ސްކޭޓް ޕާކްގެ ގަސްތަކުގެތެރެއިން ފެނިފައިވާއިރު ހަށިގަނޑު ފެނުނުއިރު ފުރާނަ ނެތި ގިނަ ދުވަސްވުމުގެ ސަބަބުން ވަރަށް ބޮޑަށް ކުނިވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވާ ކަމަށެވެ.   

އަދި އަޒުހާން ހޯދުމަށް ފުލުހުން ހިންގާފައިވާ ތަޙުޤީޤާ މެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދި ޚާއްޞަކޮށް ްައަޒުހާންގެ ހަށިގަނޑު ފެނުނީ އޭނާ ދިރިހުއްޓާ އެންމެފަހުން ފެނުނު ސަރަހައްދާ ކައިރި ސަރަހައްދަކުންކަމަށްވާއިރު އަޒުހާން ގެއްލިގެން 14 ވަރަކަށް ދުވަސް ފާއިތު ވެގެންދިޔައިރުވެސް އޭނާއަށް ވީގޮތަކާއި ވީތަނެއް ނުހޯދުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި އެކަމުގައި ޝައްކުކުރެވޭ މީހަކުވެސް ނެތްކަމަށް ފުލުހުން ހާމަކުރަމުންދާތީއާއި ފަހަކަށް އައިސް ރާއްޖޭގައި ގޮތް ނޭނގޭ މިފަދަ އެތައް މަރުތަކެއް ހިނގަމުންދާއިރު، މިކަންކަމާގުޅޭ އެކަށޭނަ މައުލޫމާތު ޢާންމު ނުކުރާތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ހޯމް މިނިސްޓްރީއާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، ހަރުދަނާ ކުރަންޖެހޭކަމަށް ގަބޫލު ކުރާ ކަމަށެވެ.  

ޝަރީފް ވަނީ އަޒްހާންގެ މަރުގެ ތަޙުޤީޤު އިތުރަށް ފުޅާކޮށް، އަވަސް ކުރުމަށްޓަކައި ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކުރުމަށާއި މުއައްސަސާތަކުގެ ވެރިން ޒިއްމާދާރު ކުރުވުމަށާއި އެފަރާތްތަކުގެ އިހުމާލު މިމައްސަލައިގައި އޮތް މިންވަރު ބެލުމަށް  ގޮވާލުމަށާއި މިފަދަ މަރުތައް ރާއްޖޭގައި އިތުރުވަމުންދާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރަށް ގޮވާއިލައްވާފައެވެ.

  1. އަދުރޭ

    އާދަންސަރީފު އިސްކޮއްހުންނަވާގެން ބުލިޗުއާބެހޭ ކުއްލި މައްސަލައެއް ހުށައެޅުއްވުން ވަރައް ބޭނުން