ޚަބަރު

ހުޅުމާލެއިން ގޯތި ވިއްކުމަށް ބީލަމަށް ހުޅުވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލެއިން ގޯތި ވިއްކުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

Ads by Sosun Fihaara

އެޗްޑީސީން ހުޅުމާލެއިން ބިން ވިއްކަން ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކުންނެވެ. އެއީ ބީޗް ފްރަންޓުގެ 22 ބިމާއި ބީޗް ސައިޑުގެ 55 ބިމެވެ.

އެޗްޑީސީ އިން ހުޅުވާލައިފައިވާ މި ފުރުސަތުގެ ދަށުން ބީޗް ފްރަންޓްގެ ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓެއް 6،500 ރުފިޔާއެވެ. އަދި ބީޗް ސައިޑުގެ ބިންތަކުގެ ފެށޭ އަގަކީ އަަފޫޓަކަށް 5،500 ރުފިޔާއެވެ. މި ފުރުސަތުގެ ދަށުން ވިއްކުމަށް ހަމަޖެހިފައވަނީ 1095.05 އަކަފޫޓާއި 2،588.14 އަކަފޫޓާ ދެމެދުގެ ބިންތަކެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކާ ގޯތިތަކަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީކޮށްފައި ނެތުން، ނުވަތަ ބިމަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައި ނެތުން، އެޗްޑީސީ މެދުވެރިކޮށް ހުޅުމާލޭން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ މީހަކަށް ނުވުން ހިމެނެއެވެ.

މީގެ އިތުރުން ބީލަމުގައި ބިމެއް ގަނެ، އެހެން ފަރާތެއްގެ ނަން މައްޗަށް ބިން ބަދަލުކޮށްފައި އޮތަސް މި ބީލަމުގައި ބައިވެރި ނުވެވޭނެ ކަމަށްވެސް ބީލަން ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!