ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވާ މިނިކާ ބާޒުތަކާމެދު ޕީޕީއެމްގެ މެންބަރުން ވަރަށް ވިސްނަންޖެހޭނެކަމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނުގެ ރަނިންމޭޓުކަން ކުރެއްވި އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ފުރޮޅާލައި, އެ މަނިކުފާނާއި ރާއްޖޭގެ ޤައުމީ ތަރައްޤީ ފަހަތަށް ޖައްސާލުމުގައި އަމަލީ ގޮތުން ބައިވެރިވި މިނިކާ ބާޒުތަކާމެދު ޕީޕީއެމްގެ މެންބަރުން ވަރަށް ވިސްނަންޖެހޭނެ ކަމަށެވެ.
''ޔަގީނުން ވެސް އަޅުގަނޑުމެން މި ތިބީ ހޭލާ. ނުކުޅެވޭނެ.'' ޑޮކްޓަރު ޝަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީން ''މިނިކާ ބާޒު'' ތަކެއްގެ ވާހަކަ ދެއްކެވީ އެ މަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަން ކަމަށް ބުނާ މައްސައިލައިގައި އުފުލި މަނީ ލޯންޑަރިންގެ ދަޢުވާގެ ޙުކުމް އިއްވުމަށް ތާވަލުކުރެވިފައި އޮތް ދުވަހުގެ ކުރީ ރޭގައެވެ.
އެ ގޮތުން ރައީސް ޔާމީން ވަނީ އެ މަނިކުފާނު ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފިނަމަ ޕީޕީއެމް/ޕީއެންސީގެ ޤިޔާދަތާ ހަވާލުވުމުގެ ޝައުގުވެރިކަން ބައެއްގެ ކިބައިގައި ހުރި ކަމާއި, އެބައިމީހުން ތިބީ އެ މަނިކުފާނު ޖަލަށް ވަޑައިގަންނަވާނެ އިރެއްގެ އިންތިޒާރުގައިކަން ދޭހަވާ މޭރުމަކުން ވާހަކަދައްކަވައިފައެވެ. ނަމަވެސް އެއީ ކޮން ބައެއްކަމެއް ވިދާޅެއް ނުވެއެވެ.
''އަޅުގަނޑު މިތާ ނެތުމަކުންނެއް އަޅުގަނޑުމެންގެ ޕާޓީގެ މައްޗަކަށް މިނިކާ ބާޒުތަކެއް ސަވާރުވިޔަ ނުދެއްވައްޗޭ.'' އެ މަނިކުފާނުގެ ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި އޭރު ވިދާޅުވެފައި ވެއެވެ.
ސާބަހޭ ޑރ ޝަހީމް
ދީނީއިލްމުވެރިއަކު އިންސާނުންނާދިމާލައް މިނިކާ ބާޒު ތަކަކައް ގޮއުމަކީ ދީނީގޮތުން ސަހީމުވެސް ހައްދު ފަހަނަ އަޅާދިއުން