ޚަބަރު ސަރުކާރު

އިންތިޤާލީ އިންސާފުގެ އޮފީހުގެ މުއްދަތު އިތުރުކުރަން ނިންމަވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
President of Maldives
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް

އިންތިޤާލީ އިންސާފުގެ އޮފީހުގެ މުއްދަތު އިތުރުކުރަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

Ads by Sosun Fihaara

އިންތިޤާލީ އިންސާފުގެ އޮފީހަކީ އިންތިޤާލީ އިންސާފުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފެއްދުމަށް ލާޒިމުކޮށްފައިވާ އޮފީހެކެވެ. އެ އޮފީސް އުފެއްދީ 2020 ޑިސެމްބަރު 17 ގައެވެ.

އެ އޮފީހުގެ މުއްދަތު ހަމަވާން މިހާރު ބާކީ އޮތީ ދެ މަހެވެ. ޤާނޫނުގައި ބުނެފައިވާ ގޮތުން އެ އޮފީހުގެ މަސައްކަތްތައް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން ގޮތް ނިންމެވުމުގެ ބާރު އޮންނާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ މުއްދަތު އިތުރު ކުރެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށާއި ނަމަވެސް އެއީ އަދި ކިހާ މުއްދަތެއްކަމެއް ނުނިންމަވާ ކަމަށެވެ.

އިންތިޤާލީ އިންސާފުގެ އޮފީހަކީ 1953 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17 އާ ދެމެދު ހިނގައިދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން ދަޢުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި، އަސާސީ މިނިވަންކަމާއި ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި އެ ފަދަ ޢަމަލުތަކަށް އިންސާފު ހޯދައިދިނުމަށް އުފެއްދި އޮފީހެކެވެ.

Ads by HDC
  1. ކަމެއް ނުކުރެވުނަސް ކަމެއް ކުރެވޭކަން ދައްކާ މީހުނަށް ކުޑަކޮށް ބިރުދައްކަންވެސް ޖެހޭނެ އިންތިޤާލު ވެފައިވާ އިންސާފު ބޮޑިންވެސް !