އެއާޕޮޑް އަދި ބީޓްސް ހެޑްފޯން އުފެއްދުން އިންޑިއާއަށް
ދުނިޔޭގެ އެންމެ މަޤްބޫލު ފޯނު ކުންފުނި، އެޕަލްއިން އުފައްދަމުން އަންނަ އެއާޕޮޑާއި ބީޓްސްގެ ހެޑްފޯން އުފެއްދުން އިންޑިއާއަށް ބަދަލު ކުރަން އެ ކުންފުނިން ނިންމައިފިއެވެ.
ނިކޭ އޭޝިއާއިން ބުދަ ދުވަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެޕަލް އިން ވަނީ އަންނަ އަހަރުގެ ކުރީކޮޅު އިންޑިއާގައި އެއާޕޮޑްސް އާއި ބީޓްސް ހެޑްފޯނުތަކުގެ ބައެއް ހެޑްފޯނުތައް އުފައްދަން ފެށުމަށް ސަޕްލައި ކުރާ ފަރާތްތަކަށް އެދިފައެވެ.
މި މަޝްވަރާތަކަކީ ކޮވިޑް ލޮކްޑައުންތަކާއި އެމެރިކާއާއި ޗައިނާގެ ވިޔަފާރީގެ ފިތުނަތައް އިތުރުވުމުގެ ސަބަބުން ސަޕްލައި ޗޭން ބުރޫއެރުމުގެ ނުރައްކާ ކުޑަކުރުމަށް އެކުންފުނިން ނިންމި ނިންމުމެކެވެ. ރި
އެޕަލްގެ ބައެއް އެޕަލް ގަޑިތަކާއި މެކްބުކްސް އަދި ހޯމްޕޮޑްތައް ވިއެޓްނާމަށް ބަދަލު ކުރުމަށް އޮގަސްޓް މަހު ބަދަލު ކުރިއިރު، އިންޑިއާގައި އައިފޯން 14 ގެ ބައެއް ފޯނުތައް އެސެމްބްލް ކުރާނެ ކަމަށް ސެޕްޓެމްބަރު މަހު ވަނީ އިއުލާންކޮށްފައެވެ.
އައިފޯން އުފެއްދުމުގެ ބޮޑު ބައެއްގައި އަދިވެސް އެޕަލް އިން ކުރަމުން އަންނަނީ ޗައިނާގައެވެ.
އެޕަލްގެ އެއް މެނުފެކްޗަރިން ޕާޓްނަރު ކަމަށްވާ ފޮކްސްކޮން އިން އިންޑިއާގައި ބީޓްސް ހެޑްފޯނު އުފައްދައި ކުރިއަށް އޮތްތަނުގައި އެތަނުގައި އެއާޕޮޑް އުފެއްދުމަށް މަސައްކަތް ކުރާނެ ކަމަށް ނިކޭ އޭޝިއާގެ ރިޕޯޓުގައިވެއެވެ. ވިއެޓްނާމް އަދި ޗައިނާގައި އެޕަލްގެ އެއާޕޮޑްސް އުފައްދާ ލަކްސްޝެއާ ޕްރެސިޝަން އިންޑަސްޓްރީން ވެސް އިންޑިއާގައި އެއާޕޮޑްސް އުފެއްދުމުގެ މަސައްކަތުގައި އެހީތެރިވެދޭނެއެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ސްމާޓްފޯނު މާކެޓް ކަމަށްވާ އިންޑިއާގައި، އެ ކުންފުނީގެ ފޯނު ވިއްކުން އިތުރުކުރުމަށް އެޕަލް އިން ދަނީ މަސައްކަތް ކުރަމުންނެވެ.