ދުނިޔެ

ޗައިނާގައި މުސްލިމުންނާ ދެކޮޅަށް ކުރާ އަނިޔާއާ ގުޅޭ ގޮތުން ބަހުސްކުރަން އދގެ ކޮމިޓީއިން ފާސް ނުވި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ އުގުރޫ މުސްލިމުންނާ ދެކޮޅަށް ކުރަމުން އަންނަ އަނިޔާއާ ގުޅޭ ގޮތުން ބަހުސްކުރަން އދގެ އިންސާނީ ޙައްޤުތަކާއި ގުޅޭ ކޮމިޓީއަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

Ads by WAMCO

47 މެންބަރުން ހިމެނޭ ހިއުމަން ރައިޓްސް ކައުންސިލްގައި މިއަދު ނެގި ވޯޓުގައި 17 ގައުމަކުން އެކަމަށް ތާއީދުކުރި ނަމަވެސް، މި ބަހުސް ކުރަން 19 ގައުމަކުން ދެކޮޅު ހެދިއެވެ. އަދި 11 ގައުމަކުން އެއްވެސް ކޮޅަކަށް ވޯޓް ނުދެއެވެ.

ޗައިނާއަކީ އދގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެންބަރެކެވެ. އެހެންކަމުން ޗައިނާއާ ދެކޮޅަށް ބަސްބުނުމަށް ގިނަ ޤައުމު ތަކުން ޖެހިލުންވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!