ދުނިޔެ

ކޮވިޑް-19 ތެރޭ އިންޑިއާއިން ކަންތައް ކުރި ގޮތަށް ވޯލްޑް ބޭންކްގެ ތައުރީފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ފަގީރުންނާއި ނިކަމެތިންނަށް އިންޑިއާއިން ދިން އެއްބާރުލުމަކީ ފާހަގަކޮށްލެވޭ ކަމެއް ކަމަށާއި، ފުޅާ ސަބްސިޑީ ދިނުމުގެ ބަދަލުގައި ޓާގެޓް ކޭޝް ޓްރާންސްފާގެ އިންޑިއާގެ ފިޔަވަޅު އެހެން ގައުމުތަކުން ގެންގުޅެން ޖެހޭ ކަމަށް ވޯލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްޕާސް ބުދަ ދުވަހު ވިދާޅުވެއްޖެއެވެ.

Ads by WAMCO

ކޮވިޑް-19ގެ ސަބަބުން އިންޑިއާގެ އިޤްތިޞާދު ވަރަށް ބޮޑަށް ވަނީ ހީނަރުވެގެން ގޮސްފައެވެ. ނަމަވެސް އިންޑިއާގެ ސަރުކާރުން ވަނީ އެންމެ ފަޤީރު މީހާއަށް އެހީވުމަށް ސިޔާސަތުތަކެއް ގެންގުޅެފައެވެ. މިގޮތުން ސަބްސިޓީ ދިނުމުގައި ކުރިން އެއް ހަމައިގައި، ދެމުން އައި ސަބްސިޓީއަށް ބަދަލު ގެނެސް، އެންމެ ނިކަމެތި މީހާއަށް ބޮޑު ސަބްސިޓީއެއް ދިނެވެ. އަދި ވަޒީފާ ނެތް މީހުންނަށް އެލަވެންސްތައް ތައާރަފް ކުރެވުނެވެ. މީގެ އިތުުރުން ސިއްހީ ކަންމުގައިވެސް އެހީތެރިވެދިނެވެ.

ވޯލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްޕާސް ވިދާޅުވީ، މިފަދަ ގިނަ ކަންކަމުގެ ސަބަބުން މުޅި ޤައުމު ބަނޑަށް ނުޖެހި ސަލާމަތްވި ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!