ހުޅުމާލޭގައި ހަދާ ސަރުކާރުގެ އޮފީސް ޢިމާރާތް އަންނަ މަހު ހުޅުވޭވަރުވާނެ: މިނިސްޓްރީ

ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލު ކައިރީގައި ހަދަމުންދާ ސަރުކާރުގެ އޮފީސް ޢިމާރާތުގެ މަސައްކަތް ނިމިި, އަންނަ މަހު ހުޅުވޭވަރުވާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.
ޕްލޭނިންގ މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އަންނަ މަހު އެ އޮފީސް ހުޅުވޭވަރު ވާނެ ކަމަށެވެ.
އަލަށް ރާއްޖޭގައި ގާއިމުކުރާ އެމެރިކާ އެމްބަސީއާއި ބައެއް މިނިސްޓްރީތައް މި ޢިމާރަތަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ބަދަލުކުރާ މިނިސްޓްރީތަކުގެ ތެރޭގައި ޓްރާންސްޕޯޓް, ހަޔަރ އެޑިއުކޭޝަން އަދި ޖެންޑާ މިނިސްޓްރީ ހިމެނެއެވެ.
ހަ ފަންގިފިލާ ހުންނަ މި ޢިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 25000 އަކަފޫޓު ހުރެއެވެ. މި ޢިމާރާތަށް ޖުމްލަ 185 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.