ޕާކިސްތާނުން ވެރިކަން ކުރަމުން އަންނަ ކަޝްމީރަށް އެމެރިކާގެ ސަފީރަކު ދިއުމުން އިންޑިއާގެ ނުރުހުން
ޕާކިސްތާނުން ވެރިކަން ކުރަމުން އަންނަ ކަޝްމީރުގެ ސަރަހައްދަށް އެމެރިކާ ސަފީރު ދާދިފަހުން ކުރެއްވި ދަތުރުފުޅާ ގުޅިގެން އިންޑިއާގެ އިއުތިރާޒުވެ، ނުރުހުން އެމެރިކާއަށް ފޯރުކޮށްދީފައިވާ ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން ބުނެފިއެވެ.
އެމެރިކާއިން “އޭޖޭކޭ” (އަޒާދު ނުވަތަ 'މިނިވަން' ޖަމްމޫ ކަޝްމީރު) ގެ ނަމުން ނަންދެވިފައިވާ މި ދަތުރުފުޅަށް ރައްދު ދެއްވަމުން އެމްއީއޭގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވީ މުޒައްފަރަބާދާއި ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ހުރަސްކޮށް އެހެން ސަރަހައްދުތަކަށް ސަފީރު ޑޭވިޑް ބްލޮމް ދަތުރު ކުރައްވާފައިވާ ކަމަށެވެ. އަރިންދަމް ބަގްޗީ އިތުރަށް ވިދާޅުވީ ވިދާޅުވީ އެ ދަތުރުފުޅާއި، އެމެރިކާގެ ސަފީރު އެތަނުގައި ބޭއްވި ބައްދަލުވުންތަކާ މެދުވެސް އިންޑިއާއިން އިއުތިރާޒުކޮށްފައިވާ ކަމަށެވެ.
އޮކްޓޯބަރު 2-5 އަށް މި ދަތުރުފުޅާ ބެހޭ ގޮތުން ނެރުނު ނޫސްބަޔާނެއްގައި އިސްލާމްއާބާދުގައި ހުންނަ އެމެރިކާ އެމްބަސީން ބުނީ އެ ދަތުރަތުގެ މަގުސަދަކީ "އެމެރިކާ އާއި ޕާކިސްތާނުގެ ޕާޓްނަޝިޕް ކުރިއެރުވުމާއި ދެ ގައުމުގެ އިގްތިސާދީ، ސަގާފީ، އަދި ރައްޔިތުންނާ ދެމެދު އޮންނަ ފުން ގުޅުންތައް ފާހަގަކުރުން" ކަމަށެވެ.
އެމެރިކާގައި ވެރިކަން ބަދަލުވުމަށްފަހު ޓްރަމްޕްގެ ވެރިކަމުގެ ނޮމިނޭޓް ކެނެތު ޖަސްޓަރ މަގާމުން ވަކިވި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެމެރިކާގެ އެއްވެސް ސަފީރެއް ނިއުދިއްލީއަށް ފޮނުއްވާފައެއް ނުވެއެވެ.