ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ލ.ގަން ޕޮލިސް ސްޓޭޝަނުން ތަޙްޤީޤު ކުރަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
ފުލުހުން ހޯދަމުންދަނީ ފުވައްމުލައް ސިޓީ,ދޫޑިގަން/ނިއުވެލީ, އިބްރާހިމް ޝާހީން (35އ) އެވެ.
ފުލުހުން މިއަދު ބުނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙްޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
''...ޖިނާއީ މައްސަލަތައް ތަޙްޤީޤު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަޙްޤީޤަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ.''
އެ ގޮތުން ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް 2022 އޮކްޓޯބަރު 17 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.
ފުލުހުން ވަނީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތު ލިބިފައިވާނަމަ ލ. ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791261 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވެސް އެދިފައެވެ.