ޚަބަރު ރައްޔިތުންގެ މަޖިލިސް

ހޮނޑައިދޫ މައްސަލައިގައި ޔޫރިން ނުދިނީ ދޭންޖެހޭ އެއްޗެއްކަން އޭރު ނޭނގޭތީ: ޖާބިރު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

2012 ވަނަ އަހަރުގެ ނޮވެމްބަރުމަހު ހދ.ހޮނޑައިދޫ ކިޔާ ފަޅުރަށެއްގައި މަސްތުވާތަކެތި ބޭނުންކުރި މައްސަލައާ ގުޅިގެން ހައްޔަރުކޮށް, ކުޑަކަމުދާތަކެތި (ޔޫރިން) ދިނުމަށް އެންގުމުން ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރެއްވީ އެއީ ދޭންޖެހޭ އެއްޗެއްކަން އޭރު އެނގިވަޑައިނުގަންނަވާތީކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވިދާޅުވެއްޖެއެވެ.

Ads by MWSC

މަސްތުގެ ހާލަތުގައި ހުންނެވިކަމަށް ތުުހުމަތު ކުރެވުމުން ޔޫރިން ދިނުމަށް ޖާބިރަށް އެންގީ 2012 ވަނަ އަހަރުގެ ނޮވެމްބަރު 16 ގައެވެ. ނަމަވެސް ޖާބިރު އެކަމަށް އިންކާރު ކުރެއްވިއެވެ. އެ ގޮތުން އޭނާގެ މައްޗަށް ދަޢުވާ އުފުލައި އެ ދަޢުވާ ސާބިތުވާކަމަށް ޙުކުމްކުރީ 2014 ވަނަ އަހަރުގެ ފެބްރުއަރީ 20 ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ ކުޑަކަމުދާތަކެތި ދެއްވުމަށް އިންކާރުކުރެއްވީ އެއީ ދޭންޖެހޭ އެއްޗެއްކަން އޭރު އެނގިވަޑައިނުގަންނަވާތީ ކަމަށެވެ.

''ޔޫރިންއަކީ ދޭންޖެހޭ އެއްޗެއްކަން ކުރިން އަޅުގަނޑަށް ވެސް ނޭނގެ. އެހެންވެ އަޅުގަނޑު ނުދިނީ. ނުދިނީމަ ގެންގޮސް ޖަލަށްލާފަ ބަހައްޓާފަ މަޑުކޮށްލަން އަޅުގަނޑަށް އެންގީ.''

ހޮނޑައިދޫ މައްސަލައިގައި ޝާމިލްވާ މީހުން. ފޮޓޯ: ފުލުހުން

ޖާބިރުގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކުރި މުޙައްމަދު ޒުހައިރާއި, މަރިޔަމް ފާއިޒާއި, ޙާމިދު ޢަބްދުލްޣަފޫރާއި, އިބްރާހީމް ޙުސައިން ޒަކީ ވެސް ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކުރިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!