ޚަބަރު

އަލަތު ދަރިފުޅަށް 2 މަހުގައި، 21 އަހަރުގެ ބައްޕަ ޑެންގޫ ޖެހިގެން ނިޔާވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރ. އަތޮޅު އުނގޫފާރު ހޮސްޕިޓަލްގައި ޑެންގޫ ހުމަށް ފަރުވާ ހޯދަމުން ދިޔަ ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ.

Ads by STELCO

“ދެން”އަށް މަޢުލޫމާތު ދެއްވަމުން އުނގޫފާރު ހޮސްޕިޓަލުން ވިދާޅުވީ ނިޔާވެފައިވަނީ އުމުރުން 21 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވީ ޑެންގޫ ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

ނިޔާވެފައި ވަނީ ރ. ދުވާފަރު، އަތޫފް އަހުމަދުއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ އަލަތު ކައިވެންޏަށް ލިބުނު ދަރިފުޅަށް 2 މަހުގައެވެ.

ރާއްޖޭގައި ޑެންގޫ ހުން ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ ގިނަވަމުންނެވެ. ޑެންގޫ ހުމަށް ފަރުވާ ހޯދަމުން ދިޔަ ކުޑަކުއްޖަކު ވެސް މި މަހު ވަނީ ނިޔާވެފައެވެ.

Ads by Allied Insurance
  1. އަލީ

    ޒިންމާނަގަން ޖެހޭނީ ޔާމީނުދޯ