މިއަދުގެ ދެވަނަ މަރު: ޑެންގޫ ޖެހިގެން 9 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

ޑެންގޫ ހުމަށް ފަރުވާ ހޯދަމުން ދިޔަ ކުއްޖަކު ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ނިޔާވެފައިވަނީ އައިޖީއެމްއެޗް ވެންޓިލޭޓަރުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.
ނިޔާވެފައިވަނީ ލ. ފޮނަދޫ ކުއްޖެކެވެ.
މީގެ ހަފްތާއެއް ކުރިންވެސް ޑެންގީ ހުން ޖެހިގެން 19 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ. މިއަދުވެސް ވަނީ 21 އަހަރުގެ ޒުވާނަކު ނިޔާވެފައެވެ. ޑެންގޫ ހުމަށް ފަރުވާ ހޯދަމުން ދިޔަ ކުޑަކުއްޖަކު ވެސް މި މަހު ވަނީ ނިޔާވެފައެވެ.