މަޖިލީހުގައި ޑްރަގު ބޭނުންކުރާ ކަމަށް ޝަރީފު ތުހުމަތުކުރުމުން ނަޝީދު ހިތްހަމަނުޖެހިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ގޯތިތެރޭގައި މެންބަރުން މަސްތުވާތަކެތި ބޭނުންކުރަައްވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތުހުމަތު ކުރައްވައިފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ޝަރީފް ވިދާޅުވީ މި މަޖިލީހަކީ ޑްރަގު އައްޑާއަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި މަޖިލިސް ގޯތި ތެރޭގައި ފާޅުގައި ޑްރަގު ބޮއެގެން މަސްތުގެ ހާލަތުގައި މަޖިލިސް ތަޅުމަށް އައިސް، މީހުންނާ ދިމާލަށް ހިތުހުރި އެއްޗެހި ގޮވުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ ޝަރީފް ދައްކަވަނީ މި ތަނުގެ އިއްޒަތާއި ކަރާމާތް ނަގައިލުމަށް ސާބިތުނުހިފޭ ބާވަތުގެ ވާހަކަ ކަމަށެވެ. އަދި މަޖިލީހުގައި ޑުރަގު ނުވަތަ މަސްތުވާތަކެތިވެސް ނުގެންގުޅޭނެ ކަމަށެވެ.
“އިއްޒަތްތެރި މެންބަރު ތިޔަ ކުރައްވާ ކަމަކީ މި ތަނުގެ އިއްޒަތާއި ކަރާމާތް ނަގައިލުމަށް ސާބިތުނުހިފޭ ބާވަތުގެ ވާހަކަދައްކަވަމުން ގެންދެވުން. މި ތަނުގައި ޑުރަގެއް ނުގެންގުޅޭނެ. މިތަނުގައި މަސްތުވާތަކެއްޗެއް ނުގެންގުޅޭނެ. މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ވާހަކަފުޅަށް ރައްދުދެއްވަމުން ޝަރީފު ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ވަންނަ ދޮރުމަތީގައި ބްރެތު އެނަލައިޒާއެއް ބަހައްޓައި މަޖިލީހުގެ މެންބަރުން މަސްތުވެފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ.
ހަމަ ސޯޓު ބޭލެނީ…..