ޚަބަރު

ޑެންގީހުން ޖެހިގެން ރިޕޯޓް ކުރާ މިންވަރު އިތުރުވާތީ ސަމާލުވާން އަންގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޑެންގީހުން ޖެހިގެން ރިޕޯޓް ކުރާ މިންވަރު އިތުރުވާތީ  ސަމާލުވާން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.

Ads by Sosun Fihaara

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރު އޭޕްރީލް މަހުން ފެށިގެން މިހައިތަނަށް މާލެއާއި އަތޮޅުތަކުން ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އަދި މިދިޔަ ސެޕޓެމްބަރ މަހާ އަޅާ ބަލާއިރު އޮކްޓޯބަރ މަހު މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރެވޭ މިންވަރު އިތުުރުވެފައިވާ ކަމަށާއި އާންމުގޮތެއްގައި ކޮންމެ އަހަރުވެސް ވިއްސާރަ މޫސުމާގުޅިގެން ޑެންގީ އުޅޭ ނިސްބަތް އިތުރުވެގެންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށް ކުރިވިދާނެ ކަންތައްތައް

  • ގެއާއި ގޯތިތެރޭގައި ފެންހަރުލާގޮތަށް ހުންނަ ތަންތަން ސާފުކުރުން
  • މަގުމަތި ތަންތަނަށް ކުނި ނާޅައި ޑަސްޓްބިނަށް ކުނި އެޅުން އަދި ޑަސްބިނަށް ފެންނޭޅޭ ގޮތަށް ބެހެއްޓުން
  • ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުން
  • ގޭތެރެއަށް މަދިރި ނުވަދެވޭ ގޮތަށް އިރުއޮއްސޭ ވަގުތާއި އިރުއަރާ ވަގުތު ދޮރުތައް ލެއްޕުން
  • ޑެންގީ ފަތުރާ މަދިރި އާލާވާ ތަންތަން ނައްތާލުން ހިމެނެއެވެ.

އެޗްޕީއޭ އިން ބުނީ، ޑެންގީ ޖެހުމުން ހުން އައުމުގެ އިތުރުން، އެހެނިހެން ނުރައްކާތަކާއި ކުރިމަތިވާ ކަމަށެވެ. ހާއްސަކޮށް ކުޑަކުދިންނާއި، މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން، ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑު ކަމަށާއި މިފަދަ ނުރައްކާތެރި ހާލަތްތައް އަވަހަށް ދެނެގަނެ އަވަހަށް ފަރުވާ ނުދެވިއްޖެނަމަ، ފުރާނައަށް ނުރައްކާވުން އެކަށީގެންވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ވަނީ ތިން ދުވަހަށް ވުރެ ގިނައިން ހުން އަންނަ ނަމަ ނުވަތަ ޑެންގީގެ ނުރައްކާތެރި އަލާމާތެއް ފެންނަނަމަ ލަސް ނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެދިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!