އިންޑިއާގެ ފޮރިންގް ރިޒާވް މައްޗަށް
އިންޑިއާގެ ފޮރިން އެކްސްޗޭންޖް ރިޒާވް 532.87 ބިލިއަން ޑޮލަރަށް އަރައިފިއެވެ. މިކަން ދައްކާފައިވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހާ ހަމައަށް ނެރުނު އެ ޤައުމުގެ ރަސްމީ ތަފާސް ހިސާބުތަކުންނެވެ.
އެ ގައުމުގެ ރިޒާވް އޭގެ ކުރީ ހަފުތާއަށް ވުރެ 204 މިލިއަން ޑޮލަރު އިތުރުވިއިރު، މިއީ ޖުލައި މަހުގެ 29 ވަނަ ދުވަހު ނިމުނު ހަފުތާއަށް ފަހު އެ ގައުމުގެ ރިޒާވް އިތުރުވި ފުރަތަމަ ފަހަރެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ނިމުނު ހަފުތާ ނިމުނުއިރު ރިޒާޒްގައި ހުރީ 532.66 ބިލިއަން ޑޮލަރެވެ.
އިންޑިއަން ރުޕީސްގެ އަގު ހުކުރު ދުވަހު 82.35 ގައި ހުރިއިރު، ހޯމަ ދުވަހު ވަނީ 82.68 ގެ ދަށަށް ގޮސްފައެވެ. މިއީ އިންޑިއާގެ ރުޕީސްއަށް ލިބުނު ކުރިއެރުމެކެވެ.
Ads by HDC