ޚަބަރު

މަރަދޫ-ފޭދޫ ބަނދަރު މައްސަލައިގައި 120000 ރުފިޔާގެ ޖޫރިމަނާއެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ތިމާވެއްޓަށް ގެއްލުންވާ މިންވަރު ބަލާ ރިޕޯޓާ ޚިލާފައި އައްޑޫ ސިޓީ މަރަދޫ-ފޭދޫ ބަނދަރު މަސައްކަތް ކުރިއަށް ގެންގޮސްފައިވާތީ، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީ.ޕީ.އޭއިން ޕްލޭނިންގ މިނިސްޓްރީ 120000 (އެއް ލައްކަ ވިހިހާސް ރުފިޔާ) އިން ޖޫރިމަނާ ކޮށްފިއެވެ.

Ads by Sosun Fihaara

އީޕީއޭއިން ވިދާޅުވީ، މި މަޝްރޫޢުގެ މަސައްކަތަށް 10 ސެޕްޓެމްބަރު 2019ގައި ދޫކޮށްފަވާ "ތިމާވެށީގެ ގޮތުން ނިންމި ލިޔުން" ޚިލާފައި ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި ރިޕޯޓާ ޚިލާފައި މަސައްކަތް ކުރިއަށް ނުގެންދިއުމަށް 3 ފަހަރު މަތިން އަންގާފައިވާކަމަށާއި 3 ވަނަ ފަހަރަށް އަންގާ އެންގުމާއިއެކު، 120000 ރުފިޔާގެ ޖޫރިމަނާ ދެއްކުމަށް އަންގާފައިވެއެވެ. މި އެންގުން އަންގާފައިވަނީ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ދެއްކުމަށެވެ.

މީގެ އިތުރުން އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް، 2 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި، ރަށުގެ ތިމާވެށީގެ ޙާލަތު ވަޒަންކުރާ ރިޕޯޓެއް އީޕީއޭއަށް ހުށަހެޅުމަށާއި އެންވަޔަރަމަންޓް އޮޑިޓް ރިޕޯޓް ހުށައެޅުމަށްވެސް އަނގާފައިވެއެވެ.

އަދި މިހާރު ކޮށްފައިވާ މަސައްކަތްތައް އީއައިއޭ މޮނިޓަރިން ޕްލޭންގައި ހިމަނާ ޕްލޭން އިސްލާހުކޮށް އާ މޮނިޓަރިން ޕްލޭންއެއް ހުށައަޅާނެކަމުގެ ލިޔުމެއް 7 ދުވަހުގެ މުއްދަތުގައި އީޕީއޭއަށް ހުށައެޅުމަށް ވެސް ވަނީ އަންގާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!