މިއަދު އިތުރު 89 މީހަކު ކޮވިޑަށް ފައްސި ވެއްޖެ

މިއަދު އިތުރު 89 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މި 89 މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި، ބަންގްލަދޭޝްގެ 19 މީހަކާއި، އިންޑިއާ ހަ މީހަކާއި، ލަންކާ ދެ މީހަކާއި ޔޫކޭގެ ދެ މީހަކާއި އެމެރިކާ އަދި މިސްރު މީހެއް ކަމަށެވެ.
މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު ވަނީ 4769 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 1996 މީހުންނަށެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 19 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހީންނާއި، ހަ ބިދޭސީންނެވެ.