އެޑްވަޓޯރިއަލް ވިޔަފާރި

ގަތަރުގައި ސެމީ ފައިނަލް މެޗެއް ލައިވްކޮށް ބަލާލުމުގެ ފުރުސަތު

ރައުފާ ރަޝީދު ، ދެން އޮންލައިން

އުރީދޫ ފުޓްބޯޅަ ފޯރީ ކެމްޕެއިންގެ ދަށުން އުރީދޫ މޯލްޑިވްސްއިން ވަނީ ފީފާ ވޯލްޑްކަޕް ގަތަރު 2022 ގެ ސެމީ ފައިނަލް މެޗު ބެލުމަށް ގަތަރަށް ދިއުމުގެ ފުރުސަތު 4 ނަސީބުވެރިއަކަށް ހޯދުމުގެ ފުރުސަތު ހުޅުވާލާފައެވެ.

Ads by MWSC

އޮގަސްޓް މަހު އިއުލާނުކުރި މި ލަކީ ޑްރޯ 31 އޮކްޓޯބަރު 2022 ގެ ނިޔަލަށް ހަމަވާއިރު، އުރީދޫގެ މިހާރުގެ އަދި އަލަށް ގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ވަނީ ފުރުސަތު ހުޅުވާލައިފައެވެ. ގަތަރަށް ކުރާ ދަތުރުގެ އިތުރުން އުރީދޫ މޯލްޑިވްސް އިން އަންނަނީ ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ސެމްސަންގް ގެލެކްސީ ބަޑްސް، އެއާޕޮޑްސް، އެއާޓެގްސް ފަދަ އަގުހުރި އިނާމުތައް ކޮންމެ ހަފްތާއަކު 10 ނަސީބުވެރިންނަށް ދެމުންނެވެ.

އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ސުޕަރނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި، ޕްރީޕެއިޑް ރީޗާޖް ކުރާ ކަސްޓަމަރުންނާއި، އުރީދޫ ބިލަށް ފައިސާދެއްކުމާއި، އާ ޕްލޭނަކަށް އަޕްގްރޭޑް ކުރައްވާ ކަސްޓަމަރުންނާއި، މޫލީ މެދުވެރިކޮށް ޝޮޕިން ކުރައްވާ ފަރާތްތައް އަދި އެމް-ފައިސާގެ ހިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުން ވެސް އޮޓޮމެޓިކުން ލަކީ ޑްރޯގެ ތެރޭގައި ހިމެނެއެވެ. މި މުއްދަތުގައި އުރީދޫ މޯލްޑިވްސްއާ އަލަށް ގުޅުނު ކޮންމެ ކަސްޓަމަރަކު ވެސް ލަކީ ޑްރޯގައި ހިމެނި، ހަފުތާއަކު ހިތްގައިމު އިނާމުތަކުގެ އިތުރުން ގްރޭންޑް ޕްރައިޒް ވެސް ލިބޭނެއެވެ.

މުޅި ރާއްޖެއަށް 4ޖީ+ ނެޓްވޯކް ކަވަރޭޖްގެ އިތުރުން އުރީދޫ މޯލްޑިވްސް އިން ދާދިފަހުން ވަނީ މާލެ، ހުޅުމާލެ ފޭސްވިލިނގިލި އަދި ހުޅުލެ ހިމެނޭ ގޮތަށް 5ޖީ ކަވަރޭޖް ފުޅާކޮށް، އާބާދީގެ ބޮޑު ބަޔަކަށް އުރީދޫ 5ޖީގެ ހަލުވި ސްޕީޑް ލިބޭނެ މަގު ފަހިކޮށްދީފައެވެ.

އުރީދޫ މޯލްޑިވްސް އަކީ އަބަދުވެސް ޓެލެކޮމް އިންޑަސްޓްރީގައި އެންމެ ހެޔޮ އަގުގައި އީޖާދީ އަދި ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެކެވެ. އެގޮތުން ތައާރަފް ކުރެވުނު އާޗާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި ޑެއިލީ ޑޭޓާ ލިބޭ ގޮތައް ރާއްޖެއަށް ތައާރަފް ކުރެވުނު ފުރަތަމަ ޑޭޓާ ޕްލޭންސް ތަކެވެ. މި ޕްލޭން ތަކާއެކު ކަސްޓަމަރުންނަށް ދުވަހަށް ބޭނުންވާ ޑޭޓާ އާއި އެއްގޮތައް އިންޓަނެޓަށް ކުރެވޭ ހަރަދު ފަސޭހައިން މެނޭޖްކޮށްލެވެއެވެ.

އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ފޯރުކޮށްދީ، ފުރިހަމަ ޑިޖިޓަލް ރާއްޖެއެއް އުފެއްދުމަށްޓަކައި ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން، އުރީދޫ މޯލްޑިވްސްއިން 2021 ވަނަ އަހަރު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ބްރޯޑްބޭންޑް ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއްގެނެސް، މާކެޓުގައި ހުރި އެންމެ ރަނގަޅު ޕްލޭންތަކަށްވަނީ އިތުރު ފުރިހަމަކަމެއް ގެނެސްދީފައެވެ. މިހާރުގެ ޕޯޓްފޯލިއޯގައި އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް 60 އިންސައްތަ ބޮޑެތި ޑޭޓާ އެލަވަންސް، ޕޯސްޓްޕެއިޑް ޕްލޭންތަކުގެ 30 އިންސައްތަ އިތުރު ޑޭޓާ އަދި ފަސޭހާ ބްރޯޑްބޭންޑް ޕްލޭންތަކަށް 25 އިންސައްތަ އިތުރު ޑޭޓާ ފޯރުކޮށްދީ، މުޅިއަކު 40 އިންސައްތައާ ހަމައަށް އަގުތަށް ވަނީ ލުއިކޮށްފައެވެ.

މީގެ އިތުރުން 2021 ވަނަ އަހަރު އެ ކުންފުނީގެ ފައިބަރ ސުޕަނެޓް ބްރޯޑްބޭންޑް ޕްލޭންތަކަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އޮގޮތުން އާ ހަތަރު ޕްލޭނެއް ތައާރަފްކޮށް 100 އިންސައްތައަށް ޑޭޓާ އެލަވަންސް އިތުރުކޮށް އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންލިމިޓެޑް ޑޭޓާ ރޯލްއޯވާގެ ހިދުމަތް ވެސް ވަނީ ދޭން ފަށާފައެވެ.

މި އަޕްގްރޭޑާއެކު ސުޕަނެޓް ހޯމް ބްރޯޑްބޭންޑް ޕްލޭންތަކުން މިހާރު އަންނަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ބާޒާރުގައި އެންމެ ބޮޑު ޑޭޓާ އެލަވަންސް ދެމުންނެވެ. މީގެ އިތުރުން ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް، ގޭމިން ފަދަ މަގުބޫލު އެޕްލިކޭޝަންތަކަށް ވެސް އެ ނެޓްވޯކުން ވަނީ ސުޕަނެޓްގެ ހިދުމަތްތައް އޮޕްޓިމައިޒްކޮށް ކަސްޓަމަރުންނަށް އިންޓަނެޓްގެ އެންމެ ފުރިހަމަ ތަޖުރިބާ ލިބޭނެ މަގު ފަހިކޮށްދީފައެވެ.

އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއާ ލޯޔަލްޓީ ޕްރޮގްރާމް މެދުވެރިކޮށް އެ ކުންފުނީގެ ކަސްޓަމަރުންނަށް ބައިނަލްއަގުވާމީ އަދި ދިވެހި ބްރޭންޑްތަކާއި ފިހާރަތަކާއި ރެސްޓޯރެންޓްތަކުން ހާއްސަ ޑިސްކައުންޓާއި އޮފާތަކާއި އެއާޕޯޓު ލައުންޖުތަކަށް ވަނުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.

މީގެ އިތުރުން އީކޮމާސް ޕްލެޓްފޯމް މޫލީއަދި އެމް-ފައިސާ ފަދަ ޑިޖިޓަލް ހިދުމަތްތަކާއެކު އުރީދޫއިން ކަސްޓަމަރުން ބާރުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބޭ ހިދުމަތްތަކާ ގުޅުވާލަދީ، ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!