ޚަބަރު

މިމަހުގެ މިހާތަނަށް ކޯވިޑަށް ފައްސިވީ 198 މީހުން

ރައުފާ ރަޝީދު ، ދެން އޮންލައިން
ކޮވިޑް-19
މަގު މަތިން ކޮވިޑަށް ޓެސްޓު ކުރަން ސުންކު ނަގަނީ/ ދެން އިމޭޖްސް

އޮކްޓޯބަރު މަހުގެ މިހާތަނަށް 198 މީހަކަށް ކޯވިޑް-19 ޖެހިފައިވާކަމަށް އެޗް.ޕީ.އޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

އެޗްޕީއޭއިން ބުނީ ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން 51 މީހުންނާއި އަތޮޅުތެރޭގެ ރަށްތަކުން 35 މީހުންނެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖެއިން މި ބަލީގައި މީހަކު ނިޔާވެފައި ނުވެއެވެ.

ކޮވިޑަށް ފައްސިވީ މީހުންގެ މި ނަންބަރާ އެކު، ރާއްޖެއިން މި ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 185،280އަށް އަރައިފައެވެ. އަދި މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 308އަށް އަރައިފައިވެއެވެ.

ކޮވިޑް ވެކްސިން ޕްރޮގްރާމްގެ ދަށުން 399131 މީހަކުވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 385027 މީހަކުވަނީ ދެވަނަ ޑޯޒް ޖަހާފައެވެ. ބޫސްޓަރގެ ފުރަތަމަ ޑޯޒް 167087 މީހުން ޖަހާފައިވާއިރު ބޫސްޓަރގެ ދެވަނަ ޑޯޒް 1366 މީހަކުވަނީ ޖަހާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!