އެޑްވަޓޯރިއަލް ވިޔަފާރި

ވާޗުއަލް އެސިސްޓަންޓް “އެވީ”އާއެކު އުރީދޫއިން އާ ފޮންޓެއް!

ރައުފާ ރަޝީދު ، ދެން އޮންލައިން
އުރީދޫ “އެވީ” އަދި މިނިސްޓަރު ޝައުނާ ފޮޓޯ: އަދަދު

އުރީދޫ މޯލްޑިވްސްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދައިފައިވާ ޑިޖިޓަލް ކެއާ އެސިސްޓެންޓް "އެވީ" އަޕްގްރޭޑްކޮށް، ކަސްޓަމަރުންނަށް ދިވެހި ބަހުން ޑިޖިޓަލް އެސިސްޓެންޓާ މުއާމަލާތް ކުރެވޭނެ ގޮތަށް އަލުން އެވީ ލޯންޗުކޮށްފިއެވެ.

Ads by STELCO

"އެވީ" އަކީ، ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދީ، މިހާރަށް ވުރެ ހުރިހާ އުމުރުފުރައެއްގެ އެކިކަހަލަ ކަސްޓަމަރުންނަށްވެސް ހިދުމަތްތައް ހޯދުމުގައި ޓެކްނޮލޮޖީގެ އެހީގައި ލުއިގޮތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގެނެވިފައިވާ ބަދަލެކެވެ.

މީގެ އިތުރުން، އުރީދޫ ބްރޭންޑުގެ އާ ވިޝުއަލް އައިޑެންޓިޓީ އާއި އެއްގޮތްވާ ގޮތުގެ މަތިން އުރީދޫ މޯލްޑިވްސް އިން ވަނީ އެ ކުންފުނީގެ މުޅިން އާ ދިވެހި ފޮންޓް ވެސްރަސްމީކޮށް ތައާރަފްކޮށްފައެވެ. "އަޕްގްރޭޑް ޔޯ ވޯލްޑް" ގެ ދަށުން ދާދި ފަހުން އެކުންފުނީގެ ބްރޭންޑް އައިޑެންޓިޓީއަށް ގެނައި ސްޓްރެޓެޖިކް ބަދަލުތަކަކީ އުރީދޫގެ ޝަހުސިއްޔަތާއި ޒަމާނީ ޓެކްނޮލޮޖީއާ އެއްގޮތަށް އެ ކުންފުނިން ކުރަމުން އަންނަ ދަތުރާއި ވިޔަފާރިއަށް އަންނަ ކުރިއެރުން ރަމްޒުކޮށްދޭ ކަމެކެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދުއަލް ހަމާދީ ވިދާޅުވީ އޭއައި މެދުވެރިކޮށް ގުޅުވާލަދޭ ޙިދުމަތްތަކާއި އެހެނިހެން ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކުގެ ސަބަބުން ކަސްޓަމަރުންގެ ދިރިއުޅުން ބަދަލުކޮށް، މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިވާނެ ފަދަ ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމަށެވެ.

އަޅުގަނޑުމެންގެ ތަސައްވަރާއި މަގްސަދާއި އެއްގޮތްވާގޮތުގެ މަތިން، މިއަދު އަޅުގަނޑުމެންގެ އޭ.އައި ޕަވަރޑް ޑިޖިޓަލް އެސިސްޓެންޓް އެވީ އާއި ދިވެހިން މުޢާމަލާތްކޮށް ޚިދްމަތްތައް ހުރިހާ ކަސްޓަމަރުންނަށް ހޯދުމުގެ ފުރުޞަތުހުޅުވާލަދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އުރީދޫ އޮޕަރޭޓްކުރާ ކޮންމެމާކެޓެއްގައި އެގަުމެއްގެ ބަހާއި ސަގާފަތް ހިފެހެއޓުމަކީ އުރީދޫއިން ވަރަށް ބޮޑަށްއިސްކަންދޭކަމެއް، އެގޮތުން ރާއްޖޭގައި މިއަދު އުރީދޫގެ އަމިއްލަ ދިވެހި ފޮންޓެއްރަސްމީކޮށް ތައާރަފްކުރުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ރީތިއާ ފޮންޓުގެ ސަބަބުން ދިވެހި ބަހުން މުއާމަލާތްތަކަށް އިސްކަންދީ، ކަސްޓަމަރުންނާއޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެ އަޅުގަނޑުމެންގެ މުއާމަލާތްތަކުން އުރީދޫ ބްރޭންޑްއައިޑެންޓިޓީގެ އަސްލު ދައްކުވައިދޭނެކަމީ ޔަގީންކަމެއް" ޚާލިދު ވިދާޅުވިއެވެ. 

އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް އެސިސްޓެންޓް، އެވީ މެދުވެރިކޮށް މޮބައިލް ކަސްޓަމަރުންނަށް ކަސްޓަމާ ކެއާ އެޖެންޓަކާ ވާހަކަ ދެއްކުމަށް ކޯލްގައި ވަގުތު ހޭދަ ނުކޮށް ޑޭޓާ، އެސްއެމްއެސް، ވޮއިސް އަދި ބިލް ބެލެންސް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.

929 އައިވީއާރު، ފޭސްބުކް މެސެންޖާ އަދި ވައިބާ ޕްލެޓްފޯމް މެދުވެރިކޮށްފަސޭހަކަމާއެކު މި ހިދުމަތް ހޯދުމަށް މިހާރު ހުޅުވަލާފައިވާއިރު، އެހެން ބޮޓްތަކެކޭއެއްފަދައިން އެވީވެސް މިވަގުތު ހުރީ ދިވެހި ބަހުން ކަސްޓަމަރުންނާ މުޢާމަލާތްކުރުމުގެ އުނގެނުމުގެ މަރުހަލާގައެވެ. މެޝިން ލަރނިންގ މެދުވެރިކޮށް އެވީ ހިދުމަތް އިތުރަށްރަނގަޅުކޮށް ކުރިއަށް އޮތް ތަނުގައި ކަސްޓަމަރުންނަށް ލިބޭ ޚިދުމަތްތައްފުޅާވެގެންދާނެއެވެ.

އެވީ މެދުވެރިކޮށް ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހައިން 929 އަށް ގުޅައި، ދިވެހި ބަހުން ކުރިއަށް ގެންދިއުމަށްފަހު އޮޕްޝަން 1 އިޚްތިޔާރު ކުރެއްވުމުން އެވީ މެދުވެރިކޮށް ޙިދުމަތް ހޯދާލެވޭނެއެވެ.

ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް އުރީދޫމޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ޑިޖިޓަލް ކެއަރ އެސިސްޓެންޓް"އެވީ" އަށް އިތުރަށް އިންވެސްޓްކޮށް، މި ޚިދުމަތް އިތުރަށް ތަރައްޤީކޮށް، ޑިޖިޓަލް ޗެނަލްތަކުގައި ކަސްޓަމަރުންގެ މެދުގައި އޮންނަ މުޢާމަލާތްތައް ބަދަލުކުރުމަށް ކުރިއަށް އޮތްތަނުގައިވެސް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ. "އެވީ" ބޭނުންކޮށްގެން އުރީދޫއިން ކަސްޓަމަރުން ހޯދަން ބޭނުންފުޅުވާ ހުރިހާ މައުލޫމާތާއި ހިދުމަތްތައް ފޯރުކޮށްދިނުން އޮޓޮމޭޓްކޮށް، މިހާރަށްވުރެ ހަރުދަނާ އަދި ހަލުވި ހިދުމަތެއްފޯރުކޮށްދެވޭނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!