ޚަބަރު

ފައިސާގެ ވާހަކަ ނުލާ ރައީސް ޔާމީނަށް އެއްވެސް ވާހަކައެއް ނުދެއްކޭ: މިއުވާން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފައިސާގެ ވާހަކަ ނުލާ، އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން އަބްދުލްޤައްޔޫމަށް އެއްވެސް ވާހަކަފުޅެއް ނުދެއްކެވޭ ކަަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއުވާން މިހެން ވިދާޅުވީ، ޗާގޯސްގެ މައްސަލައިގައި ސަރުކާރުން ފައިސާ ނަގާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

މިއަދު ރައީސް އޮފީހުގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާން ވިދާޅުވީ، ރައީސް ޔާމީން މިފަހުން ދައްކަވާ ކޮންމެ ވާހަކަފުޅެއްގައި ވެސް ފައިސާއާއި ޑީލްގެ ވާހަކަ ދައްކަވާ ކަމަށެވެ. އަދި ޚާއްސަކޮށް ސަރުކާރަށް ފާޑު ވިދާޅުވެ ދައްކަވާ ކޮންމެ ވާހަކަފުޅެއްގައި ކޮންމެވެސް ޑީލެއްގެ ވާހަކަ ގެންނަވާ ކަމަށާއި ނަމަވެސް ހެކި ނުދެއްކޭ ކަމަށް ވިދާޅުވިއެވެ.

ޗާގޯސްގެ މައްސަލަގެ ތަފްސީލަށް ދަމުން މިއުވާން ވިދާޅުވީ، މޮރިޝަސްއަށް ސިޔާދަތީ ބާރު އޮތް ކަމަށް ނިންމާފައި އޮތީ ރާއްޖެއަކުން ނޫން ކަމަށާއި އެއީ އިންޓަރނޭޝަނަލް ކޯޓެއްގެ ނިންމުން ކަމަށެވެ. ރާއްޖެއިން އެ ނިންމުމަށް ތާއީދު ކުރީ ކަމަށާއި އެކަން ކުރީ އިސްތިއުމާރާ ދެކޮޅުކަން ދެއްކުމަށް ކަމަށް ވިދާޅުވިއެވެ.

މިއުވާން އިތުރަށް ވިދާޅުވީ، ޗާގޯސްގެ މައްސަލައިގައި އިންވަކި ކުރުމާއި ސިޔާދަތީ ބާރުވެރިކަމާއި އެއީ ދެކަމެއް ކަމަށާއި އެކަން އެނގިތިބެ، ސިޔާސީ ޕާޓީތަކުން "ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލުމަށް ވާހަކަ ދައްކަވާ" ކަމަށެވެ.

"އެއްވެސް ގުޅުމެއް ނެތް ދެ ކަމެއް ކަމަށް ވިދާޅުވީމަވެސް، އަނެއްކާ ވެސް ޕޯޑިއަމްއެއް ފެނުނީމަ އަރައި ވަޑައިގެން ވާހަކަފުޅު ދައްކަވަނީ. އެއްވެސް ކަހަލަ ހަޤީޤަތެއް ނެތް ވާހަކަފުޅެއް ދައްކަވާ ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލާފައި އެއޮތީ" މިއުވާން ވިދާޅުވިއެވެ.

Ads by Allied Insurance
  1. މަކަރު

    މިޔުވާނައްް އޮޅުވާލުމާއިި މަކަރުވެރިކަމާއިި ހީލަތްތެރިކަންނުހިމަނާާ އެއްވެސްް އެއްޗެއްނުބުނާތީީ ތީބައްޔެއްގެެ ސަބަބުންވާކަމެއްތޯޯ ބަލާއެކަމުގައިި ގިނަދުވަސްތަކަކައްް އެކަހަރިިކޮއްް ހުންނަންފެނޭޭ މިޔުވާނަކީީ ނުބައިނުލަފާޖާހިލުމީހެއްކަމައްް ގިނަބަޔަކުބުނޭޭ ބޭކާރުމީހެއްތީީ މިޔުވާނުު ކޮންމެދުވަހަކުު ތިކިޔާވާހަކަތައްް ނޫސްތައްބަލާލީމާފެންނާންއެއޮތީީ އަޅެތަނެއްގަަ މައިތިރިއަރައިގެންް ވިސްނާލަބަލަ

  2. މިއަދު

    މިއުވާން ފުރަތަމަ އެވާހަކަދެއްކި އެކަކީ ރައިސްނަޝީދު ދެވަނަމީހަކީ މުނައްވަރު އެއިގެފަހުން ޔާމީން ކަލެއަށްތިފެނުނީ ޔާމީންދޯ ދައުލަތުގެ މާލިއްޔަތު ބަހާ ހުސްކުރީމަ އެވާހަކަ ބުނާމީހަގޯސް ކައިގެން ފުއްޕާ ބަޑުތައް ނަގަޅުދޯ

  3. ސަލީމާ

    ޥަގު ސަރުކާރު، ފޭރޭސަރުކާރު، ގައުމައްޖަހިފައޮތްބަލާއެއް ދެން ނޫހުގަ މި ކޮމެންޓް ޖަހާލަބަލަ

  4. ދަބަސް

    ފައިސާ ފައިސާ ފައިސާ. މިޖާޑީގައިވާ އެފައިސާ، އެގޯނީގައިވާ މިފައިސާ، އެއޮށް ބާލިދީގައިވާ އެފައިސާ، މި ދަބަހުގައިވާ އެފައިސާ..