ހޯމް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާނަކީ އިސްލާމްދީނާއި ޤައުމަށް ޣައްދާރުވެވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށް ޔަޤީންކުރައްވާކަމަށް އެ ޕާޓީއަށް ނިސްބަތްވާ ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
އިޔާޟް މިހެން ވިދާޅުވީ މަޤާމުގެ ދަހިވެތިކަމުގައި އިމްރާނު ކޮންމެފަދަ ކަމެއް ވެސް ކުރައްވައިފާނެކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.
އިމްރާންގެ ދިފާޢުގައި އިޔާޟް ކުރެއްވި ޓުވީޓުގައި ވިދާޅުވީ މަޤާމުގެ ދަހިވެތިކަމުގައި އަދި އެ ނޫން ވެސް ސަބަބަކަށްޓަކައި ދީނަށާއި ޤައުމަށް އިމްރާން ޣައްދާރުވެވަޑައި ނުގަންނަވާނެކަމުގެ %100 ޔަޤީންކަން އެބައޮތް ކަމަށެވެ.
އިޔާޟް ވަނީ ފިތުނަފަސާދަ އުފައްދަން ދޮގު ފެތުރުން ހުއްޓައިލުމަށް ވެސް ގޮވައިލައްވާފައެވެ.
ކިހާވަރެއްވީމަތޯ ދީނާ ގައުމަށް ގައްދާރުވި ކަމަށްވާނީ ، އިމްރާން ރޯ އޮރިޔާމާ މާލޭ މަގުމަތީ ހިނގީމަތޯ ، އިމްރާން މިނިސްޓަރ ކަމުގައި މިސްކިތަށާ ހަތިމަށް ބޮޑުކަމުދިޔައިރު ވެސް އިމްރާން ހުރީ ހައްޕު ކިޔައިގެން
ސޯސަލަ މީޑިޔާގެ މަންސަތަކުގަ މި މީހުން ބުލޮކު ކޮށް، ގުރޫޕުތަކުން ނުކުތުމަށް ރައްޔިތުންނަށް ގޮވާލަން. މިހާރުދެން ފުދިއްޖެ! އަދާލަތު ޕާޓީގައި ހުރުމަށްވުރެ ނުހުރުން ރަނގަޅުވާނެ. ކޮންމެހން ޕާޓީއެއްގައި ހުންނާކަށް ނުޖެހޭ.
މުންޖޭ ކިޔާބަލަ
ޢިޔާޒަކަށް100ޕަސެންޓެއް ނުދެވޭނެ.
ވާނެކަންއެއީ 100 ޕަސެނޓު މިހާރުވެސްދަނީވަމުންނެށްނުއެގިހުރެޮތިހެންތިކިޔަނީ
ޢިމްރާން ކުރާ ހުރިހައި ކަމަކާ ނުވަތަ ނުކުރާ ހުރިހާ ކަމެއް ޢިޔާޟަށް 100% އެނގޭ؟ މާތްކަލާކޯ!