ޗައިނާގެ އެޕަލް ފެކްޓްރީއެއްގެ މަސައްކަތް ކުރާ މީހުން ކަރަންޓީން ކުރާތީ ފިލަނީ
ޗައިނާގައި ހުންނަ އެޕަލްގެ އެންމެ ބޮޑު އައިފޯން އެސެމްބްލީ ފެކްޓްރީގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތުގެ މާހައުލުގައި ލޮކްޑައުން ކުރަން ޖެހުމުން އެތަނުން ފިލައިފިއެވެ.
އޮންލައިންކޮށް ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި މެދުތެރޭގެ ސިޓީއެއް ކަމަށްވާ ޒެންގްޒޫގައި އުފައްދާ ފޮކްސްކޮންގެ ޕްލާންޓްގެ ބޭރުގައި ގާތްގަނޑަކަށް 10 ވަރަކަށް މީހުން ފެންސް ފުންމާލައިގެން ފިލާ މަންޒަރު ފެނެއެވެ. ގިނަ އަދަދެއްގެ ބަޔަކު މިގޮތަށް ފިލައިގެންދާ ކަމަށް ޗައިނާގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ހަރުކަށި ޒީރޯ ކޮވިޑު ސިޔާސަތާއި ގުޅިގެން ޗައިނާގެ ރައްޔިތުންނާއި ވިޔަފާރިވެރިން ދަނީ ޝަކުވާ ކުރަމުންނެވެ.
އެ ފެކްޓްރީން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ކިތައް މީހުން ކަމެއް ސާފެއް ނުވެއެވެ.
ނަމަވެސް ފާއިތުވި ހަފުތާގައި ޗައިނާގެ ހެނާން ޕްރޮވިންސްގެ ވެރިރަށް ޒެންގްޒޫއިން 167 މީހަކު ކަރަންޓީންކޮށްފައިވާ ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ބުނެއެވެ.
ގާތްގަނޑަކަށް 10 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ސިޓީ އެއްކޮށް ލޮކްޑައުން ކޮށްފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން ހަރުކަށި ލޮކްޑައުންގެ ފިޔަވަޅުތައް އަޅަމުން ދަނިކޮށެވެ.
އެމެރިކާގެ އެޕަލް އަށް ސަޕްލައިކުރާ ކުންފުންޏެއްގެ ގޮތުގައި ހަރަކާތްތެރިވާ ފޮކްސްކޮންގެ ޒެންގްޒޫ ކޮމްޕްލެކްސްގައި އެތައް ލައްކަ މަސައްކަތްތެރިން ތިބި އިރު، ބަލި ޖެހިފައި ވަނީ ކިތައް މީހުންނަށް ކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ޓައިވާނުގެ އެ ކުންފުނިން އާދީއްތަ ދުވަހު ބުނެފައި ވަނީ މަސައްކަތްތެރިން އެތަނުން ނުކުތުން މަނާކޮށްފައި ނުވާ ކަމަށެވެ.
ކޮވިޑަށްވުރެން ބޮޑަށް ފެންނަނީ އެމެރިކާ ޗައިނާގެ ވާދަވެރި ވިޔަފާރީގެ ވާދަވެރިކަން އެކަމުގެ ހަގުރާމަ !