އަރަބިއްޔާގެ އާ އިމާރާތް ހެދުމަށް ބޭނުންވާ ފައިސާ ވަނީ ބަޖެޓްކުރެވިފައި: ޢާއިޝަތު އަލީ
އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ހަމަޖެހިފައިވާގޮތަށް ކުރިއަށްދާކަމަށާއި، އެކަމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އަރަބިއްޔާ ސްކޫލްގެ ނަމުގައި އިމާރާތެއް ހެދުމަށް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓްގައި އެއްވެސް ފައިސާއެއް ހިމަނާފައި ނުވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޓޮމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަރަބިއްޔާ ސްކޫލްގެނަމުގައި އިމާރާތެއް އެޅުމަށް 2023 ވަނަ އަހަރުގެ ބަޖެޓްގައި އެއްވެސް ފައިސާއެއް ނެތްކަމަށެވެ. އަދި އަރަބިއްޔާ ސްކޫލް ވުޖޫދުން ގެއްލިފައިވާކަމަށާއި މިއީ ހިތާމަހުރި ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން “ސަން”އަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާކަމަށާއި، އެ މަޝްރޫއުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ބަޖެޓުގައި ހިމެނުމަށް ޢަރަބިއްޔާގެ ފައިސާގެ ޚަރަދުތައް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާކަމަށެވެ.
މީހުންގަނޑު ކެކެން ފެށީމާ ކޮންމެސް ވާހަކައެއް ދައްކައިގެން ގުނބޯހެއްދޭތޯ ބަލާނެ، އިދާރީ މައްސަލަ ޖެހިއްޖެ ކަމަށް ބުނާނެ އޮޅިއްޖެ ކަމަށް ބުނާނެ ފަހުން ވާނެ ކަމަށް ބުނާނެ،
އިދާރީމައްސަލަ ޖެހެން ތިމާމެންގެ ޒިންމާ ފުރިހަމަ ނުކުރަމަކީ އިދާރީ މައްސަލައަކަށް ވާނެބާ،! އޮޅުވާލުމުގާ ވަކި ކަމެއް މިއޭ ބުނާނެ ވަކި ކަމެއް ނެތް، ލާދީނީ ފޮތްތަކެއް ސުކޫލު ދަރިވަރުން ތަކަށް ދީފަވެސް ބެލެނިވެރީން ކެކި އަރަންފެށީމާ އެކަން ވެސް ދޮގުތަކެއް ހަދައިގެން އޮއްބާލީ، މިސަރުކާރުގެ ހުރިހާ ގުނަވަނެއް މިހާރު މިއޮތީ ޕެރެލައިސްވެފަ ފޭލިވެފަ.